މުޖުތަމަޢުގެ ދަހަނާ!

މުޖްތަމަޢުގެ ދަހަނާ

Written by

in

ޙިކުމަތްތެރިންކުރެ ބައެއް ބޭފުޅުން ވިދާޅުވާގޮތުގައި، ވެރިކަމެއްގެ އާރާއި ބާރު ގަދަކޮށް ޝާނާއި ޝައުކަތު ހިފެހެއްޓުމުގެ އެންމެ މުހިންމު ބާރަކީ ޢަދުލުވެރިވުމެވެ. އަދި އަނެއްބައި ބޭފުޅުން ދެކިވަޑައިގަންނަވާގޮތުގައި މުޖުތަމަޢުގެ ދަހަނާއަކީ ޢަދުލުވެރިވުމެވެ. މުޖުތަމަޢުގެ އެތެރޭގެގުޅުންތައް ބަދަހިކޮށް ގަދަފަދަކުރާ ބާރަކީ އިންޞާފުވެރިކަމެވެ. މުޖުތަމަޢުގެ ހަމަޖެހުމާއި ކުރިއެރުމުގެ އަޞްލަކީ ހަމަހަމަކަމާއެކު ކަންކަން ނިންމުމެވެ.ހަމަގައިމުވެސް އިޖްތިމާޢީ ހަމަޖެހުމާއި ޤައުމުގެ އަގުތަކުގެ ފޭރާން ޙިމާޔަތްކުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅަކީ އިންޞާފުވެރިވުމެވެ. ކޮންމެ ޖަމާޢަތެއްގައިވެސް އެޖަމާޢަތެއްގެ މަޞްލަޙަތުތައް ޙިމާޔަތްކުރާނެ ޤާނޫނުތަކެއް ނުވަތަ ޤަވާޢިދުތަކެއް އެކަށައެޅެއެވެ.
މިކަންކަން ތަންފީޛުކުރުމުގައި ހަމަހަމަ އުޞޫލުތަކެއް ގެންގުޅެންޖެހެއެވެ. ހަމަހަމަކަމާއި އިންޞާފުގެ ތަރަހަ އެންމެ އެކަށޭނެ ގޮތަށް ކުރަހައިދިނީ އިސްލާމްދީނެވެ. އެހެންކަމުން އިސްލާމްދީނުގެ އަހުލުވެރިންގެ މެދުގައި މިޞިފަތައް ހަރުލެއްވުން ވަރަށް މުހިންމެވެ. އިންޞާފުވެރި މުޖުތަމަޢަކަށް އިސްލާމީ ކޮންމެ މުޖުތަމަޢެއްވުންވެސް އެހާމެ މުހިންމެވެ.

ޢަދުލުވެރިވުމުގެ މާނަ:
ޢަދުލުވެރިވުމަކީ ކޮންމެ މީހަކަށްވެސް އެމީހެއްގެ ޙައްޤު ފުރިހަމައަށް ލިއްބައިދިނުމެވެ. ކޮންމެ އެއްޗެއްވެސް އެއެއްޗަކަށް ޙައްޤުވެގެންވާ މަޤާމުގައި ބޭއްވުމެވެ. ކުރާކޮންމެ ކަމެއްވެސް ޢަދުލުވެރިކަމާއެކު ކަމުގެ ދެކޮޅު ހޯދައި ބެލުމަށްފަހު ކުރުމެވެ. ނިންމުންތައް ނިންމުމުގައި ތަޢައްޞުބާއި ޒާތީ އެދުންތަކުން ދުރުހެލިވެހުރެ ނިންމުންތައް ނިންމުމެވެ. ޢަދުލުވެރިކަމުގެ އިދިކޮޅު ޞިފައަކީ އަނިޔާވެރިވުމެވެ. އަނިޔާވެރިކަމަކީ އަނެކުންގެ ޙައްޤަށް އުނިކަން ލިބޭ ގޮތަކަށް ކަމެއްކުރުމެވެ. ނުވަތަ އަނެކުންނާ މެދު އިހުމާލުވުމެވެ. ނުވަތަ އެކުވެރިންނާއި ގާތް މީހުންނާއި ހިތް އެދޭ މީހުންނަށް ލާބަހުރި ގޮތަށް ކަންކަން ނިންމުމެވެ. ހަލާދަޑީގެ ދެކޮޅަށް ނުބަލައި ކަންކަން ނިންމުމެވެ. ހަމަހަމަކަމާއި އިންޞާފުވެރިކަމަކީ ޢަދުލުވެރިކަމުގެ ބައިވެރިންނެވެ. އަދި ތަފާތުކުރުމާއި ތަޢައްޞުބަކީ އަނިޔާވެރިކަމުގެ މިތުރުންނެވެ.

ޢަދުލުވެރިވުމުގެ ދަރުމަ ބޮޑެވެ!
ޢަދުލުވެރިވުމަކީ އިސްލާމްދީނުގައި ވަރަށް މަތިވެރި ދަރުމައާއި ސަވާބުލިއްބައިދޭކަމެކެވެ. އެހެނީ ސަލާމާއި ޞަލަވާތްލެއްވުނު ނަބިއްޔާގެ ޙަދީޘްފުޅުތަކުން އެގޭގޮތުގައި ޤިޔާމަތްދުވަހު ޢަރުޝީގެ ހިޔާވަހިކަން ލިބޭ ހަތްމީހުންކުރެ އެންމެ ފުރަތަމަ މީހަކީ ޢަދުލުވެރި އިމާމާއެވެ. ނުވަތަ ވެރިމީހާއެވެ. ކީރިތި ރަސޫލާގެ އިރުޝާދުފުޅުތަކުން ސާބިތުވާގޮތުގައި ކޮންމެ މީހަކީވެސް ޒިންމާ އުފުލަންޖެހޭ މީހެކެވެ. އެމީހެއްގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުނާމެދުއެވެ. އެހެންކަމުން ކޮންމެ މީހަކީވެސް އެހެން ކޮންމެވެސް ފަރާތެއްގެ އިމާމެކެވެ. ވެރިއެވެ. މަންމައަކީ ގޭގެ އަހުލުވެރިންގެ ވެރިމީހާއެވެ. ބައްޕައަކީ މަންމައާއި ޢާއިލާގެ އެހެނިހެން މެންބަރުގެ ވެރިމީހާއެވެ. މަދުރަސާގެ އިސްފަރާތްތަކަކީ ދަރިވަރުންނާއި މުދައްރިސުންގެ ވެރިންނެވެ. މިއެންމެންވެސް އެމީހުންގެ ބެލުމުގެ ދަށުގައި ތިބި އެންމެންނާ މެދު ޢަދުލުވެރިވުމަކީ އެފަދަމީހުންނަށް ހެޔޮ ދަރުމަ ލިބޭނެ މަގެކެވެ.

އަނިޔާވެރިކަމުގެ ނުބައިކަމާއެވެ!
ޢަދުލުވެރިކަމަކީ ހެޔޮ ރިވެތި ޞިފައެއްކަމުގައި ލެއްވުމާއެކު ޢަދުލުވެރިކަމުގެ އިދިކޮޅު ޞިފައަކީ ނުބައި ހުތުރު ޢަމަލެއްކަމުގައި މާތްﷲ ލެއްވިއެވެ. އަނިޔާވެރިކަމަކީ އިންސާނިއްޔަތަށް ކުރިމަތިވާނެ އެންމެ ބޮޑު ބަލިމަޑިކަމެވެ. މާތްﷲވަނީ އަނިޔާވެރިކަމަކީ އެކަލާނގެ ޒާތުފުޅަށް މުސްތަޙީލު ޞިފައެއްކަން ބަޔާންކުރައްވާފައެވެ. އަދި އެކަލާނގެ އަޅުތަކުންގެ މެދުގައި އަނިޔާވެރިކަމަކީ ޙަރާމްކަމެއް ކަމުގައި ލެއްވިއެވެ. އަދި ގަދަ އަމުރުފުޅުން އެއްބަޔަކު އަނެއްބަޔަކަށް އަނިޔާވެރިނުވުމަށް އެންގެވިއެވެ. މިމިންވަރު އަނިޔާވެރިކަމާ ތިބާ ދުރުހެލިކުރުމަށް ފުދޭނެކަމަށް އުންމީދުކުރަމެވެ.

ޢަދުލުވެރިވާން ޖެހެނީ……..!
ޢަދުލުވެރިވާން ޖެހެނީ ކޮންކޮން ކަންކަމެއްގައި ހެއްޔެވެ؟ ކުރުކޮށް ދަންނަވާނަމަ ޢަދުލުވެރިވުމަކީ ޙަޔާތުގެ ކޮންމެ މައިދާނެއްގައިވެސް މުސްލިމުންގެ ބައިވެރިޔާއެވެ. ޙުކުމްކުރުމާއި ވެރިކަން ހިންގުމުގައެވެ. ތަޢުލީމު ދިނުމާއި ލިބިގަތުމުގައެވެ.ވިޔަފާރީގެ މުޢާމަލާތްތަކުގައެވެ. މިހެންގޮސް ބަސްބުނުން ފަދަ ކުދިކުދި ކަންކަމުގައިވެސް ޢަދުލުވެރިވުން މުހިންމެވެ.

ޙުކުމްކުރާނަމަ ޢަދުލުވެރި ގޮތުގައި ޙުކުމްކުރުމަށް ކީރިތި ޤުރުއާނުގައި އަމުރުކުރައްވައިފައިވެއެވެ. އެހެނީ ޙުކުމްކުރުމުގެ ބާރަކީ ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ބާރެވެ. ޙުކުމްކުރުމުގައި ޢަދުލުވެރިނުވެވިއްޖެނަމަ މުޖުތަމަޢުގެ ހަމަޖެހުން ގެއްލެއެވެ. އިޖުތިމާޢީ ފޭރާން ވީދިގެންދެއެވެ. ހަމައެފަދައިން ވެރިކަމަކީ މާތްﷲ ޙަވާލުކުރައްވާ އަމާނަތެކެވެ. އެއަމާނަތައް ޚިޔާނާތްތެރި ނުވުމަކީ ވެރިކަމުގެ ދަށުގައި ތިބޭ މީހުންނާމެދު ޢަދުލުވެރިވުމެވެ. އެމީހުންގެ ކަންކަން ނިންމުމުގައި އިންޞާފުވެރިވުމެވެ. އެމީހުންނާ މުޢާމަލާތުކުރުމުގައި ހަމަހަކަން ގެންގުޅުމެވެ. މަދުރަސާއެއްގައި ކަންކަން ނިންމައި ކުދިންނާ މެދު ފިޔަވަޅު އެޅުމަކީވެސް ޙުކުމްއިއްވުމެކެވެ. ކޯޓުގައި އިއްވޭ ޙުކުމެކޭ އެއްފަދައިންނެވެ. މުވައްޒަފުންނާމެދު ނިންމުންތައް ނިންމުމަކީވެސް ޙުކުމުގެކުރުމުގެ ޙުދޫދުން ބޭރުވާނެކަމެއްކަމަށް ނުފެނެއެވެ. ހަމައެފަދައިން މިދެތަނުގައި މުވައްޒިފުންނާއި ދަރިވަރުންގެ މައްޗަށް ވެރިކަންކުރާ ފަރާތަކީ ޢަދުލުވެރިވާނެޖެހޭ ފަރާތެކެވެ.

ތިބާގެ ހަތުރާމެދުގައިވެސް ޢަދުލުވެރިވޭ!
އިންސާނީ ޠަބީޢަތުގެ ސަބަބުން ދުޝަމަނަކާމެދު ޢަދުލުވެރިވުމަކީ ހިތަށް މާފަސޭހަ ކަމެއްނޫނެވެ. އެހެންނަމަވެސް އިސްލާމްދީން ގޮވައިލަނީ އެފަދަ މީހުންނާމެދުގައިވެސް ޢަދުލުވެރިވުމަށެވެ. ތިބާ ބަޔަކާއި ނުވަތަ މީހަކާމެދު ހިތްހަމަނުޖެހުނުނަމަވެސް އެބަޔަކާއި ނުވަތަ މީހަކާ މެދު އިންޞާފުވެރި ގޮތެއްގައި މުޢާމަލާތުކުރަންޖެހެއެވެ. ކީރިތި ޤުރުއާނުގެ ބަސްފުޅުން ދޭހަވާ ބީދައިން ބައެއްގެ މައްޗަށް ހިތުގައި އޮންނަ ޢަދާވަތްތެރިކަމަކީ އިންޞާފުވެރި ނުވުމަށް އޮތް ސަބަބެއްކަމުގައި މެދުވެރިކުރުން ހުއްދައެއްނޫނެވެ.

ދެން ސަލާމާއި ޞަލަވާތްލެއްވުނު ﷲގެ ރަސުލާގެ ސިޔަރަތަށް މިކަމުގެ މިސާލުތައް ލިބޭތޯ ބަލައިލަމާހެއްޔެވެ. އެކަލޭގެފާނަށް އެތަކެއް ދުއްތުރާއެއްކޮށް އަނިޔާވެރިވެ، އެކަލޭގެފާނަށް ތަބާވެވަޑައިގަތް ބޭކަލުން އެތަށް ހަސްކާއެއް ދެއްކި މައްކާގެ މުޝްރިކުންނާމެދު ކަންތައްކުރެއްވީ ކިހިނެއްތޯއެވެ؟ ބަދުރުގެ ނަޞްރުގައި ދިޔަ ހިއްޕަވާގޮތަށް ހަމަޖެއްސެވިއެވެ. އަދި މައްކާ ފަތަޙަކުރެއްވި ދުވަހު އެއެންމެނަށް އަމާންކަންދެއްވިއެވެ. އަދި މަދީނާގެ ވަށައިގެންތިބެ އެކަލޭގެފާނާއި އިސްލާމީ އުންމަތާމެދު މަކަރާއި ޙީލަތުގެ ނުލަފާ ރޭވުންތައް ރޭވި ޔަހޫދީންނާ މެދު ކަންކަންކުރެއްވި ގޮތަކީ ޢަދުލުގެ ލާމިސާލު މިސާލެކެވެ. އެބައިމީހުންނާ އެއްބަސްވެވަޑައިގަތް ގޮތްތަކަށް އެބައިމީހުން ތަބާވީހައި ދުވަހަކު އެބައިމީހުންނަށް ގޯނާއެއްނުކުރައްވައެވެ. ނަމަވެސް އެޢަހުދު އުވައިލުމުން ޝަރީޢަތުގެ ޙުކުމްތައް ޢަދުލުވެރިކަމާއެކު ޤާއިމްކުރެއްވިއެވެ. މިއީ އެކަލޭގެފާނު ކާފަރުންނާ މުޢާމަލާތުކުރެއްވިގޮތެވެ.

މިހާރުގެ ކަންކަން ހުރީ………ސުބުޙާނަﷲ!
މިހާރުގެ މިމުޖުތަމަޢަށް ވިސްނައިލަމާތޯއެވެ؟ ރިޝްވަތުގެ ވަބާ މިވަނީ ޢާންމުވެފައެވެ. ރިޝްވަތު ދިނުމާއި ކެއުމެވެ. ނަތީޖާއަކީ އިންޞާފެއްނެތުމެވެ. އަނިޔާވެރިކަން ފެތުރުމެވެ. ބޮޑެތި ތަންތަނުގެ ވެރިންގެ ހިތުގައި ﷲއާމެދު އޮންނަ ބިރުވެތިކަން ކުޑަވެއްޖެއެވެ. އެހެންކަމުން ނިންމުންތައް ނިންމަނީ ތިމާގެ ޒާތީ މަޞްލަޙަތުތައް އިސްކޮށްގެނެވެ. ދެން އޮންނާނީ ކޮން  އިންޞާފެއްތޯއެވެ؟ ކޮން ހަމަހަމަ އުޞޫލުތަކެއްތޯއެވެ؟ ކުޑަކުޑަ މިސާލެއް ދަންނަވާނަމެވެ. މަދުރަސާތަކުގައި އިސްވެރިން ހިތް އެދިވަޑައިގަންނަވާގޮތަށް ކަންކަން ނިންމެވުމެވެ. އެންމެނަށް އެގޭގޮތަށް ފާޅުގައި ހިގަމުންދާކަމެކެވެ. މިއިލްޒާމުގެ ޝައްކުން ފޯނުވާ މަދުރަސާއެއް ނެތޭ ދެންނެވިދާނެއެވެ. މިވާހަކަ ދެކެވެނީ ކޮންމެވެސް މިންވަރެއްގެ ޙަޤީޤަތެއް އެކަމުގައި އޮންނާތީއެވެ. ކޯޓުތަކުގެ ޙުކުމްތަށް ޢަދުލުވެރިކަމާއެކު ނުނިންމޭ ވާހަކައެވެ. މިވާހަކައކީ މުޅިން ދޮގުވާހަކައެއްނޫނެވެ. ކޯޓުތަކުގައި ކުރެވިފައިވާ މިފަދަ ޙުކުމުގެ ސަބަބުން ކިތައް މީހުންގެ ގެޔާގެދޮރު ގެއްލުނުތޯއެވެ؟ ކިތައްމީހުންގެ އަނބިން ގެއްލިގެން ދިޔަތޯއެވެ؟ މިހިރީކީ ދައްކާ ކޮޅުންލާންހުރި ވާހަކަތަކެއް ނޫނިއްޔާއެވެ. މިވަރުން ފުއްދައިލަމެވެ.

ގޮވައިލުން:
އަޅުގަނޑުގެ އެދުމަކީ މާއަގުހުރި އެދުމަކަށް ނުވެދާނެއެވެ. އަދި މިގޮވައިލާ ކަންތަކަކީ މާއެދެވޭ ތަރުޙީބެއް ލިބޭ ގޮވައުލުމެއްކަމުގައި ނުވުން އެކަށީގެންވެއެވެ. އެހެންނަމަވެސް ދަންނަވަމެވެ. ޢިއްޒަތްތެރި އަޚުންނާއި އުޚުތުންނެވެ. މިނޫން ތަނެއް، ދުވަހެއް ކުރިމަތީގައި އެބައޮތެވެ. އެދުވަހުން ޢަދުލުގެ ދަރުބާރު ޤާއިމުކުރެވޭނެއެވެ. އަނިޔާ ލިބުނު މީހުންގެ އަޑުތައް އެދުވަހުން އެދަރުބާރުގައި އުފުލޭނެއެވެ. އަދި އަނިޔާވެރިވީ މީހުންނާމެދު އަވަސްގޮތަކަށް ޙުކުމްކުރެވޭނެއެވެ. އަދި ލަސްވުމެއްނެތި އެޙުކުމް ތަންފީޛުކުރެވޭނެއެވެ. ބިރުވެތިވެލައްވާށެވެ! އެދުވަހުގެ ދަރުބާރުގައި ކުރެވޭ ސުވާލަށް ޖަވާބު ނުދެއްވައި ރެކިވަޑައިނުގެންނެވޭނެއެވެ.

އޭޚިޔާނަތްތެރި ޕްރިންސިޕަލެވެ. ދަރިވަރުންގެ މާކުސްތައް ބަދަލުކުރައްވައި ހިތްޕުޅަށް އަރާވަޑައިގަތް ކޮންމެ ކުއްޖަކަށް ވަނަ ދެއްވުމަށް ޤަލަންކޮޅު އުފުލި އަތް އެދުވަހުން ތިބާގެ މައްޗަށް ހެކިދޭނެއެވެ. އޭ އަނިޔާވެރި ޤާޟީއެވެ. ތިބާގެ ދޮގު ނިންމުން ނިންމުން އިޢުލާންކުރި ދޫ ތިބާގެ މައްޗަށް ހެކިދޭނެއެވެ. އޭދޮގުވެރި ހެކިވެރިޔާއެވެ. ތިބާ ދޮގު ހެކިދިނުމަށް ހެކި އުފެއްދުމަށް ބޭނުންކުރި ސިކުނޑި އެދުވަހުން ތިބާގެ މައްޗަށް ހެކިދޭނެއެވެ. އޭއަނިޔާވެރިކަމާއި ޚިޔާނަތުގެ ނުލަފާ ނުބައިކަންބޮޑު ޢަމަލުކުރާ އަހުލުވެރިންނޭވެ! ތައުބާވެވަޑައިގެން ޢަދުލުވެރިކަމުގެ މަގަށް މިސްރާބު ބަދަލުކުރައްވާށެވެ! އެމަގަކީ ސަރާސަރު ތަނަވަސް އަމާންމަގެކެވެ. އެމަގުގެ ނިމުމަކީ އެތަންތަނުގެ ދަށުން ފެންއާރުތަށް ހިނގަހިނގަހުރި ސުވަރުގެތަކެވެ. އެކަމު މިހާރު ތިހިގާ މަގުގެ ނިމުމަކީ ޛައްޤޫމު ގަހުގެ ކާނާ ލިބޭނެ ވޭންހުރި ޢަޛާބުގެ ހުރަގެއެވެ. ނަރަކައެވެ. އެތަނުން އަޅަމެން މިންޖުކުރައްވާށިއެވެ! އާމީން.

Comments

One response to “މުޖުތަމަޢުގެ ދަހަނާ!”

  1. website Avatar

    Teen girl enamaTrue stories brother cumScary costumes adultsAmateur female anal sexAmateur pictures wives girlfriendsDavid hamilton nudesArkansas rifle and
    pistol assUncircumcised sex advantages xnxx Sexy questions for girlfriendPee randomDelious black sexYoung nude south americansExotic wives sexAsian full porn moviesGay pride in harrisburg paCharts of asian elephantsBig free movie mpeg
    sex https://xnxxindo.cc/ Darmowe strony pornWilliam rapidshare gay cd247Mother christmas and her sister take it up the assReba milfGirls like nakedTop teen gifts for chgristmas
    2009Videos xxx colombia argentina brazilTeen driving fatalites xnxx Cum
    girl vdFree videos of naked boysVaginal discharge like wet flourExtreme hard core mature slutsAnime anime bleach free hentai manga narutoCum inside melissaWife forced to suck landlord’s cockPost sex painGay boy
    mobile pornVintage army aircraftNice dreams strip club of philaBig perfect nude bodyBarely legal softcore modelsClacton independant escortsState
    of alaska sex offender registerValley center amateur radio clubChris jericho dickHow to tell if a
    lesbian is attracted to you

Leave a Reply

Your email address will not be published. Required fields are marked *