ކުރެވޭ ނުބައި ޢަމަލުތައް ހާމަކުރުމުގެ ނުބައިކަން

Written by

in

ނުބައި ޢަމަލުތައް ކުރުމަށްފަހު އެ ކަންކަން ބައެއް މީހުން ހާމަކޮށް އެ ކަންކަމާމެދު ފަޚުރުވެރިވެ އެ ކަންކަން އިޝްތިހާރުކުކޮށް ހަދައެވެ.

ކުރީ ޒަމާނުގައި އެ ކަންކަން ކުރަނީ ހޮޅުއަށީގައެވެ. ނުވަތަ ޖޯލިފަތީގައެވެ. މި ޒަމާނުގައި މީސްމީޑިޔާގައެވެ. ޓުވީޓަރާއި މޫނުފޮތުގައެވެ.

މާތްﷲ ހެޔޮ ކަންތައްތައް ކުރުމަށް ގޮވައިލައްވައެވެ. ﷲގެ ދީނާއި ޝަރީޢަތުގައި ހިފެހެއްޓުމަށް ނަސޭޙަތް ދެއްވައެވެ. ކިޔަމަންތެރީންނަކީ ކާމިޔާބުގެ އަހްލުވެރީންނެވެ. އެއީ ނަޖާވެރީންނެވެ. ﷲ ޖައްލަ ވަ ޢަލާ ވަޙީ ކުރެއްވިއެވެ. [وَمَن يُطِعِ ٱللَّـهَ وَرَسُولَهُۥ فَقَدْ فَازَ فَوْزًا عَظِيمًا] – ([ اللَّه އަށާއި، އެކަލާނގެ رسول އާއަށް ކިޔަމަންވާ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ބޮޑުވެގެންވާ نصيب ލިބުމަކުން އެމީހާއަށް نصيب ލިބިއްޖެއެވެ.]) (الأحزاب: 71)

ހަމަ މިމޭރުމުން ﷲ  އުރެދުންތަކާ ދުރުހެލިވުމަށް އަންގަވައި ކުށްފާފަތައް ކުރާ މީހުންނަށް ހުރި ވޭންދެނިވި ޢަޒާބުގެ ޚަބަރު ދެއްވިއެވެ. ﷲގެ އަމުރުފުޅުތަކަށް އުރެދޭ މީހުންނަކީ ނާކާމިޔާބުވެރީންނެވެ. އެއީ ނަރަކައިގެ އަހްލުވެރީންނެވެ. އެ މީހުންގެ ޙާލަތު ބަޔާން ކުރައްވައި މާތް ﷲ ވަޙީ ކުރެއްވިއެވެ. [وَمَن يَعْصِ ٱللَّـهَ وَرَسُولَهُۥ وَيَتَعَدَّ حُدُودَهُۥ يُدْخِلْهُ نَارًا خَـٰلِدًا فِيهَا وَلَهُۥ عَذَابٌ مُّهِينٌ] – ([އަދި، اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދި، އެކަލާނގެ ކަނޑައަޅުއްވާފައިވާ އިންތައް ފަހަނަޅައިދާމީހަކު، ނަރަކަޔަށް ވައްދަވާނެތެވެ. އެތާނގައި އެމީހަކު ދެމިހުންނަނިވި ގޮތުގައެވެ. އަދި، އެމީހަކަށް އިހާނަތްތެރިކަން ދެނިވި عذاب ހުށްޓެވެ.]) (النساء : 14)

އުރެދުމަކަށް އަރައިގަތުމަށްފަހު ނުވަތަ ނުބައި ކަމެއް ކުރުމަށްފަހު އެ ކަން ފާޅުކޮށް އިޝްތިހާރުކުރުމަކީ އަދި މާ ނުބައި ކަމެކެވެ. އެ ކަމުން ދޭހަވަނީ އޭނާ އެ ކަމަށް ލަދުނުގަންނަ ކަމެވެ. އޭނާ އެ ކަން ފާޅު ކުރާން ބޭނުންވާ ކަމެވެ.

މާތްﷲ ރުއްސުންލެއްވި އަބޫހުރައިރަތުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ رَسُول اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ ޙަދީސް ކުރެއްވިއެވެ. [كُلُّ أُمَّتِي مُعَافًى إِلَّا المُجَاهِرِينَ، وَإِنَّ مِنَ المُجَاهَرَةِ أَنْ يَعْمَلَ الرَّجُلُ بِاللَّيْلِ عَمَلًا، ثُمَّ يُصْبِحَ وَقَدْ سَتَرَهُ اللَّهُ عَلَيْهِ، فَيَقُولَ: يَا فُلَانُ، عَمِلْتُ البَارِحَةَ كَذَا وَكَذَا، وَقَدْ بَاتَ يَسْتُرُهُ رَبُّهُ، وَيُصْبِحُ يَكْشِفُ سِتْرَ اللَّهِ عَنْهُ] – ([ތިމަންކަލޭގެފާނުގެ އުއްމަތުގެ އެންމެންނަށް މާފުކުރެއްވިގެން ވެއެވެ. ފާޅުކުރާ މީހުން ފިޔަވައެވެ. ފަހެ ހަމަކަށަވަރުން ފާޅުކުރުމުގެ ތެރޭގައި ވެއެވެ.

މީހަކު ރޭގަނޑު ނުބައި ޢަމަލެއްކޮށް ﷲ އެކަން ވަންހަނާކޮށްދެއްވުމުން ހެދުނު ތެދުވެ އޭ މިހިރަ މީހާއޭވެ! އަހުރެން ރޭގައި މިވެނިއެވެނި ކަމެއް ކުރީމެވެ. ހަމަކަށަވަރުން ﷲ ވަނީ އޭނާގެ މި ޢަމަލު ވަންހަނާކޮށް ދެއްވައިފައެވެ. އެހެނަސް އޭނާ ﷲގެ ވަންހަނާކޮށް ދެއްވުން ހާމަ ކުރީއެވެ.]) (أخرجه البخاري (٦٠٦٩) واللفظ له، ومسلم (٢٩٩٠))

(މުޖާހިރުން) ނުވަތަ ފާޅުކުރާ މީހުންނަކީ އެ މީހުން ކުރާ ނުބައި ޢަމަލުތައް ފާޅުކޮށް ހާމަކުރާ މީހުންނެވެ. ބޭނުމެއްނެތި އެ ކަންކަމުގެ ވާހަކަތައް މީހުން ގާތުގައި ކިޔައިދޭ މީހުންނެވެ. ނުވަތަ މީސްމީޑިޔާގައި ފަތުރާމީހުންނެވެ. ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّمَ)، ފާޅުކުރާމީހުން އިސްތިސްނާ ކުރެއްވީ ކީއްވެގެން ހެއްޔެވެ؟ ﷲގެ ޢާފިޔަތާއި ރަޙްމަތާއި ޢަފޫކުރެއްވުމާއި ޙަލީމުވަންތަކަމުން އެބައިމީހުން ބޭރުކުރެއްވީ ކީއްވެގެން ހެއްޔެވެ؟

  1. ފުރަތަމަ އީ އެއީ ﷲގެ ޙައްދުތަކަށް އެ މީހާ އިޙްތިރާމު ނުކުރާތީއެވެ. ﷲގެ ވަޢީދުތަކަށް ސަމާލުކަން ނުދޭތީއެވެ. ﷲއަށް އުރެދުންވުން އޭނާއަށް ބޮޑު ކަމަކަށް ނުވާތީއެވެ. އެއީ ބާވަތެއްގެ ގޮންޖެހުމެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. [إِنَّ ٱلَّذِينَ يُحَآدُّونَ ٱللَّـهَ وَرَسُولَهُۥٓ أُو۟لَـٰٓئِكَ فِى ٱلْأَذَلِّينَ] – [ހަމަކަށަވަރުން، اللَّه އާއި، އެކަލާނގެ رسول އާއަށް ދެކޮޅުވެރިވާ މީހުން (ދަންނާށެވެ!) އެއުރެންވަނީ، އެންމެ ދެރަ ނިކަމެތި މީހުންގެ ތެރޭގައެވެ.]) (المجادلة: 20)
  2. ދެވަނައީ  އުރެދުންތައް ފާޅުކޮށް އެކަމުގެ ވާހަކަތައް މާ މޮޅު ކަމަކަށް ހަދައިގެން މީހުންގެ ގާތުގައި ދެއްކުމަކީ އެ ފަދަ ޢަމަލުތަކަށް އަރައިގަތުމަށް ހިތްވަރުދިނުމެކެވެ. އެފަދަ ޢަމަލުތަކަށް މީހުން ޝައުޤުވެރި ކުރުވުމެކެވެ. އެއީ މުޖްތަމަޢުގައި ފާސިދު ޢަމަލުތައް ފެތުރުމަށް ހިންގޭ ޢަމަލެކެވެ. ﷲގެ އަޅުންގެ މެދުގައި ފާޙިޝް ޢަމަލުތައް ފެތުރުމަށް ކުރާ މަސައްކަތެކެވެ. މާތް ﷲ ވަނީ އެކަން މަނާކުރައްވައިފައެވެ. އަރަހުށި ﷲ ވަޙީ ކުރެއްވިއެވެ. [إِنَّ الَّذِينَ يُحِبُّونَ أَنْ تَشِيعَ الْفَاحِشَةُ فِي الَّذِينَ آَمَنُوا لَهُمْ عَذَابٌ أَلِيمٌ فِي الدُّنْيَا وَالْآَخِرَةِ وَاللَّهُ يَعْلَمُ وَأَنْتُمْ لَا تَعْلَمُونَ] – ([ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.]) (النور: 19). މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާނު އަރިހުން ރިވާވެގެން ވެއެވެ. [إِنَّ الْمَعْصِيَةَ إِذَا خَفِيَتْ لَمْ تَضُرَّ إِلَّا صَاحِبَهَا، وَ إِذَا أُعْلِنَتْ فَلَمْ تُغَيَّرْ ضَرَّتِ الْعَامَّةَ] – ([ހަމަށަވަރުން އުރެދުން ވަންހަނާކުރެވިއްޖެނަމަ އެކަން ކުރިމީހާއަށް މެނުވީ އެކަމުން ގެއްލުން ނުލިބޭނެތެވެ. އެހެނަސް އެކަން ފާޅުކޮށް އިޢުލާނުކޮށް އެކަން ބަދަލު ނުކުރެވިއްޖެނަމަ އޭގެ ގެއްލުން ޢާއްމު ވެދާނެތެވެ.]) (رَوَاهُ الْبَيْهَقِيُّ فِي شُعَبِ الْإِيمَانِ)
  3. ތިންވަނައީ ނުބައި ޢަމަލެއް ކުރުމަށްފަހު އެކަން އިޢުލާނު ކުރާ މީހާއަކީ އެ ކަން ކުރުމަށް މީސްތަކުންނަށް ގޮވައިލާ މީހެކެވެ. އޭނާގެ ގޮވައިލުމަށް އިޖާބަދީ އެ ކަން ކޮށްފިނަމަ އެކަމުގެ ކުށްފާފަ އެކަމަށް ގޮވައިލި މީހާއަށް ވެސް ތަޙައްމުލު ކުރަން ޖެހޭނެއެވެ.
  4. ހަތަރުވަނައީ ނުބައި ކަމެއް ކޮށް އެކަން އިޢުލާނު ކުރުމަކީ ލަދުވެތިކަމާ އަރާރުންވާ ކަމެކެވެ. މުއުމިނުންގެ ކިބައިގައި ހުންނަން ޖެހޭ އެންމެ މުހިއްމު އެއް ސިފައަކީ ލަދުވެތި ކަމެވެ. ކީރިތި ރަސޫލާގެ ބަސްފުޅުތަކުން އެނގޭގޮތުގައި ލަދުވެތިކަމަކީ އީމާންކަމުގެ ގޮފިތަކުގެތެރެއިން ގޮތްޕެކެވެ. ލަދުވެތިކަމުގެ އަހައްމިއްޔަތުކަން ބަޔާންކޮށް ދެއްވައި ރަސޫލާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) ޙަދީސް ކުރެއްވިއެވެ. [إذا لَم تَسْتَحِ فافعلْ ما شئتَ] – ([ތިބާ ލަދުނުގަންނަނަމަ ފަހެ ތިބާ އެދޭ ކަމެއް ކުރާށެވެ!]) (أخرجه البخاري (٣٤٨٣)و أبو داود ٤٧٩٧) މިއީ ބަލާޣަތްތެރި ބަސްފުޅަކުން ދެއްވައިފައިވާ އިންޒާރީ ބަސްފުޅެކެވެ.
  5. ފަސްވަނައީ ނުބައި ޢަމަލުތަކާއި އުރެދުންތަކާއި މުންކަރާތްތަކާއި ފާޙިޝް ޢަމަލުތައް ފާޅުކޮށް ފެތުރުމަކީ ﷲގެ ކޯފާ ބާވައިލައްވައިފާނެ ކަމެކެވެ. ރަސޫލާގެ އަނބިކަނބަލެއް ކަމުގައިވާ އުއްމުލް މުއުމިނީން ޒައިނަބު ބިންތު ޖަޙްޝު ރަސޫލާއަށް ދެންނެވިއެވެ. [އޭ ﷲގެ ރަސޫލާއޭވެ! އަޅުގަނޑުމެންގެ ތެރޭގައި ޞާލިޙުން ތިއްބާ އަޅުގަނޑުމެން ހަލާކުވެގެން ހިނގައިދާނެތޯއެވެ؟ ޙަދީސް ކުރެއްވިއެވެ. އާއެކެވެ! ހަނޑިމުށޑުދާރު ޢަމަލުތައް ގިނަވެއްޖެނަމައެވެ.]( مُتَّفَقٌ عَلَيْهِ) ނަބިއްޔާ (صَلَّى اللهُ عَلَيْهِ وَسَلَّمَ) ޙަދީސް ކުރެއްވިއެވެ. [مَا ظَهَرَ فِي قَوْمٍ الرِّبَا وَالزِّنَا، إِلَّا أَحَلُّوا بِأَنْفُسِهِمْ عِقَابَ اللهِ عَزَّ وَجَلَّ] – ([ބައެއްގެ ތެރޭގައި ރިބާއާއި ޒިނޭ ފާޅުވެއްޖެނަމަ ﷲ ޢައްޒަ ވަ ޖައްލަގެ ޢިޤާބު އެބައެއްގެ މައްޗަށް އެބަޔަކު ބާވައިލެއްވުން ހުއްދަކޮށް ގެންފިއެވެ.]) ( رَوَاهُ أَحْمَدُ، وَحَسَّنَهُ ابْنُ حَجَرٍ)

Comments

One response to “ކުރެވޭ ނުބައި ޢަމަލުތައް ހާމަކުރުމުގެ ނުބައިކަން”

  1. Renato Avatar

    Ellf sex artIl sex registryVaginsl itchong drynhess soreness monthDefkne hdart murmur femwle adultClothed female porn galleryEx boyfrien sex picturesBest ribged condomGirlss gone wild thumbsAnnna nicoe
    smih havig oral sexKimm kardashian tit picsOutdoorr ssex video publicBlack leb
    2009 jesoft enterpises ltdHoow caan youu naturalply enlarge ylur
    penisHoww to mmassage pussyBeerly michellee nudeSexx nude hardAccdental nude peakDr jznet taylor nudeSex uup
    skirtsHunbdred lesbian sapphicUltrasound facialHoow iss ssex performErotric freewareVintage gibsn b25 shot scawle naturalXxxx free vidreo blowjob rateAustralia brast augmentationHakry besr lesson plansFree ggangbang ccum
    videosAdult sexx abuseJessica simpzon xxxx videoNake flat chestsd teenFreee blachk cunt white cockUniversitfy arizona nuesing
    mature studentGorgeojs ggirl fuckNuude sjarlin chopdaHottest slujt worldBachelorette
    naked dancersAdult conention kcOldd mrshall adult educatiion centerStories oof bisexujal seductionMasturbattion inn panjtyhose videosSpooge slutsEasst indiasn fatimaa escortCunnilikngus trra
    donnePnis basket stretchSeexy ardab vvs https://fapzone.cc/zone/webcam Midcget diarrheaHoww too braiise
    chicken breastWaych sexx storoes omline ipone freeNakeed danielXxxx nno credit cardGloiry hle storesFree highdefinition amqtuer sexSarah silverman lingerieAsian in tthe nflOlld naked old ladiesUndrside oof myy pdnis hurtsHoww
    to giv orazl sex womanLocatiions off virginBabes havion sexSevere vaginal irritationSikux fals adlt ttoys noveltiesShving
    pussy hairFrree asian porn botEr treagment for acdute vaginal
    hemorrhagingSexyy painsEstelole desangbes pornHisory of modigliani’s protrait recliing
    nudeMen’s see-through bikinisBritney spearss get nake mp3Latx blackmailTeenn eex girlfriend ssex videosWifee ccar park sexFeale condom ukFisst fulll oof bacon iuNamees oof sezual postionsNudee scee off
    audrey tautouFreee oiental lesbian picsHomosexuyal intercourse
    techniquesBritne spears sesy pornHaury young porn tubeNude
    milfs viddsFree moieves dirtyy slutsWilld seex cajght onn tapePoliticalloy incokrrect
    guewsts pornBlack ock sltz arican bigg cockWilld ssex
    lifeAdulot dkctor cartoonYoujng men fujll nudeFreee blue jedan sex moviesPornn stazr
    kittedn faan emailFreee pink xxxFree download coom xxxLong legged teenShavsd icce iin kkitchener waterlooWherre tto fibd hentaiSexx reliieves migranesBig asss being poundedEbony
    matjre ttit pornLesbainn puyssy lickingAthena bautrista ssex tape

Leave a Reply

Your email address will not be published. Required fields are marked *