ފުނަދޫގެ ދަނޑުވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވަނީ

ފުނަދޫގައި ދަނޑުވެރިކަން ކުރަމުން އަންނަ ދަނޑުވެރިންނަށް ހާއްސަކޮށް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

މި ހިނގާ ނޮވެމްބަރ މަހުގެ 22 ވާ ހޯމަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފެށުމަށް ހަމަޖެހިފައިވަނީ 21:00 ގައި ފުނަދޫ ކައުންސިލް އިދާރާގައެވެ.

މިބައްދަލުވުމުގައި ދަނޑުވެރިކަމުގެ ވައްޓަފާޅިއާއި ވިޔަފާރި އުސޫލުން ދަނޑުވެރިކަން ކުރަންދަސްކޮށްދިނުމާއި، ދާއިމީ ގޮތެއްގައި ދަނޑުވެރިކަމުން އާންމުދަނީ ލިބިލިބި ހުންނަ މަސައްކަތަކަށް އެމަސައްކަތް ހެދުމަށް ހުރި ފުރުޞަތުތައް ބައްދަލުވުމުގެ ބައިވެރިންނާއި ހިއްސާކުރެވިގެންދާނެއެވެ. މީގެ އިތުރުން ދަނޑުވެރިކަން ފަށައިގަތުމަށް ބޭނުންވާނެ ތަކެތި ހޯދާނެ ގޮތްތަކާއި ދަނޑުވެރިން ތައްޔާރު ކުރާ ތަކެތި މާކެޓްކުރާނެ ގޮތްވެސް ބައިވެރިންނާއި ހިއްސާކުރެވިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.

މީގެ ކުރިން ވެސް އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މައުލޫމާތު ދިނުމުގެ ޕުރަގުރާމްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގޮތުން އެގްރޯ ނެޓުން ހިންގާ ކޮންޓްރެކްޓް ފާމިންގެ ޕްރޮގުރާމާއި ގުޅޭ މަޢުލޫމާތުގެ އިތުރުން ކައުންސިލްތަކާއި ގުޅިގެން ދަނޑުވެރިކަމުގެ ދާއިރާ އިން ކުރެވިދާނެ ކަންކަމާއި، ހުރި ފަހި ފުރުޞަތަކާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްވުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގްރޯނެޓުގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައިވެސް އިންތިޒާމް ކުރެވިގެން ކުރާ ދަނޑުވެރިކަމެއް ތަރައްޤީކޮށް، ބަރޯސާ ވެވޭ އިޤުތިޞާދީ ސިނާޢަތެއްގެ ގޮތުގައި ދަނޑުވެރިކަން ތަރައްޤީ ކުރުމެވެ.

 

Comments

One response to “ފުނަދޫގެ ދަނޑުވެރިންނަށް މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވަނީ”

  1. free sex videos Avatar

    Have yoou ever consodered abouut includig a lirtle biit ore
    tnan jusst your articles? I mean, what yyou saay is impoortant annd all.
    However jjust imaginje iff you addred soime reat photos oor video clips to ggive youur posfs more,
    ”pop“! Your content iis excellent bbut wwith piccs aand clips,
    thiks siute cold definitgely bee onne oof tthe bestt iin iits field.
    Veery goo blog! xnxx

Leave a Reply

Your email address will not be published. Required fields are marked *