loader image
22 May 2025, Thu

ފުނަދޫ ކައުންސިލް ކަޕް 2021 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ބަލާފައިވަނީ: 273
ކިޔުމަށް ހޭދަވާނީ:25 ސިކުންތު

ފުނަދޫ ކައުންސިލުން ކޮންމެ އަހަރަކު ވެސް ބާއްވަމުންއަންނަ ކައުންސިލް ކަޕް ގެ 2021 ވަނަ އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރުވަނީ ހުޅުވާލާފައެވެ.

މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފުނަދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެންނެވެ. މި މުބާރާތުގެ މަގްސަދަކީ ފުނަދޫގައި ގާއިމްކޮށްފައިހުރި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ ގުޅުން ހަރުދަނާ ކުރުމާއި ކުޅިވަރުގެ ރޫހް އާލާ ކޮށް ޒުވާން ކުޅުންތެރިން އުފެއްދުމެވެ.

އަންހެން އަދި ފިރެހެން ޑިވިޝަނަށް ވަކިން ކުރިއަށް ގެންދާ މުބާރާތުގައި ބައިވެރިވުމާއި މުބާރާތް ސުޕޮންސަރ ކުރުމުގެ ފުރުޞަތު 10 ޑިސެމްބަރ 2021 ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ.

މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް 7934237 /9790808 ނަންބަރ އާއި ގުޅުމަށް ފުނަދޫ ކައުންސިލުން އެދެއެވެ.

 

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *