ފުރިހަމަ ބަނދަރެއް އެއްވެސް ސަރުކާރަކަށް ނުކުރެވުނު ކަމެއް

މާއުނގޫދޫ އަށް އެންމެ ބޭނުންވަނީ ކޮންކަމެއްތޯ އަހައިފިނަމަ ލިސްޓުގެ އެންމެ ކުރީގައި އުޅޭނީ ބަނދަރުގެ ވާހަކައެވެ.

ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން ބައެއް ރަށްރަށް ގުދުރަތުން ދެއްވާފައިވަނީ މީހުންގެ ހިތްތައް ދަމައިގަންނަ ފަދަ ރީތި ފަޅުތަކަކާއި ގޮނޑުދޮށް ތަކެވެ. އެހެންނަމަވެސް އަނެއް ބައި ރަށްރަށަށް މިނަސީބެއް ނެތެވެ. އެގޮތުން މާއުނގޫދޫ އަކީ ވެސް އެ ނަސީބުލިބިފައިނުވާ ޒަމާނުންސުރެ ލަފާ ފުރަން ދަތި ރަށެކެވެ.

ފަޅުކޮނުމުގެ ކުރިން މާއުނގޫދޫ ގޮނޑުދޮށް އޮތްގޮތް

ރަށްރަށަށް އަރާ ފޭބުމުގައި ތަހައްމަލު ކުރަމުންދިޔަ ވޭންދެނެވި އުނދަގޫކަމަށް ނިމުމެއް ލިބިގެންދިޔައީ މައުމޫން ދައުރުގެ ފަހުކޮޅު ހައްދަވައިދެއްވި ބަނދަރުންނެވެ. ބަނދަރާއެކު ރަށްރަށަށް އަރާ ފޭބުމަށް ފަސޭހަވެގެން ދިޔައެވެ. ނަމަވެސް އޭރުގެ ސަރުކާރުން ހަދައިދިން ބަނދަރު ހެދިފައިވަނީ އެންމެ އެކަށީގެންވާ ގޮތެއްގައެއްނޫނެވެ. އޭގެ ސަބަބުން އެތައްފަހަރަކު ފަޅުތެރެއަށް ވެލި ވަދެ ވަނީ ހިކިފައެވެ. އެކަން ޙައްލުކުރުމަށް އެތައްފަހަރަކު ވަނީ ވެލިގަނޑު ނަގައި ފުންކުރެވިފައެވެ. އެހެންނަސް އެކަމަށް އަދާޖެހެންދެއްވެސް ދާއިމީ ހައްލެއްވަނީ ނުލިބި ފައެވެ.

ގިނަ ރަށްރަށުގައި ބަނދަރު ހަދަނީ އެރަށެއްގެ ރައްޔިތުން ބޭނުންވާތާކުއެވެ. ބަނދަރު ހެދުމަށް އެންމެ ރަނގަޅު ތަނެއް ކަމާ ބެހޭ މާހިރުން ދިރާސާކުރުމަށްފަހު ދެއްކި ނަމަވެސް ރަށުގެ ރައްޔިތުން އެއްބަސްނުވާތާކު ބަނދަރެއް ނެހެދޭނެއެވެ. ކަންވާނީވެސް އެހެންތާއެވެ. އެއީ އެމީހުން ދިރިއުޅޭ ރަށެވެ. ބަނދަރު އޮންނަންވީ ތަނާއި ބޮޑު މިނާއި އޮންނަންވީ ސިފަ އެނގޭނީ ރަށުގައި އުޅޭ މީހުންނަކަށް ނޫންހެއްޔެވެ؟ މާދުރުން އަންނަ ބަޔަކަށް އެނގޭނީ ކޯއްޗެއް ހެއްޔެވެ؟ މާއުނގޫދޫ ގައި މިހާރު ކޮނެވިފައިވާ ބަނދަރަކީވެސް އޭރުގެ ސަރުކާރުން ބޭނުންވި ތަނުގައި ކޮނެވިފައިވާ ބަނދަރެއް ނޫނެވެ.

ރައްޔިތުން ގަދަ ދައްކާލުމުން ސަރުކާރަށް މަޖުބޫރުވީ ހަތިޔާރު ބަހައްޓާށެވެ. އެއީ އާޚިރުގައި އަނެއްކާވެސް ދާން އޮތީ ހަމަ އެއް ކަލަ ރައްޔިތުން ކައިރިއަށް ކަމުންނެވެ. އެހެންކަމުން ރައްޔިތުން ހިތްހަމަ ޖައްސާލަދޭން އެބަޖެހެއެވެ.

ގަދަވާ ދުވަސްވަރު ފަޅުތެރޭގެ ހާލަތު

އެހެންނަމަވެސް ދެން ލައްވާލަނީ މާބޮޑު ހައްލުކުރަން އުނދަގޫ މައްސަލައެކެވެ. ބަލަބަލާ ތިއްބާ އެތައް ސަތޭކަ އަހަރެއްވީ ބޮޑެތި ގަސް ގަހާ ގެހި އެހެރަ މޫދަށް ފައިބައިގެން ދަނީއެވެ. ކުޑައިރުގެ އެތައް ހަނދާންތަކެއް ކަނޑަށް ޣަރަގުވެގެންދަނީ ލޯ ކުރިމަތީގައި ބަލަހައްޓައިގެން ތިއްބައެވެ. ކުރެވޭނެ މާބޮޑު ކަމެއް ނޯވެއެވެ. ވެލި ގޯނިތަކެއް ޖައްސައިގެން ނުވަތަ ބޮޑެތި ހިލަތައް ޖައްސައިގެން ފުއްދާލަނީއެވެ. ކުރާނީ ކީއްހެއްޔެވެ؟ ރީތި ގޮނޑުދޮށް ރަށާ އުމުރު ދުވަހަށް ވަކިވީއެވެ. ދެން ދުވަހަކުވެސް ގުދުރަތީ އެރީތިކަމުގައި ހޯދޭނެ އުފަލެއް ނޯންނާނެއެވެ. ދަރިންނާއި ދަރިންގެ ދަރިން ކައިރީގައި ދެން އެވާހަކަ ދައްކާލާ މާޒީއަށް ހަދާފައި ދޫކޮށްލާނީއެވެ.

ނިމިދިޔަ ދައުރުގެ ފަހުކޮޅުގައިވެސް މާއުނގޫދޫގެ ބަނދަރުގެ މަރާމާތުގެ މަސައްކަތް ސަރުކާރުން އެމް. ޓީ. ސީ. ސީ އާއި ހަވާލުކޮށްގެންވަނީ ކޮށްފައެވެ. އެމަސައްކަތުގައި ގާތްގަނޑަކަށް 2 އަހަރު ދުވަސް ވަންދެން ހޭދަވެގެން ދިޔައެވެ. ނަމަވެސް އެންމެ ހުޅަނގެއް ނިމިގެން ދިޔައިރު ބޭރު ތޮށި ރޫޅި، ދެކުނުކޮޅުން ތޮށި ނުލައި ހަދާފައި އޮތް ވެލި ބެޑު ގިރާލައި އެއްވެސް ހުރަހެއް ނެތި ރާޅުތައް ފަޅު ތެރެއަށް މުގުރަންފެށިއެވެ. އޮޑިވެރިންނަށް ނުނިދާ ދަމަށް ތިބުންނޫން ގޮތެއް ނެތެވެ.


2021 ވަނަ އަހަރުގެ ބަޖެޓް ގައި ވެސް މާއުނގޫދޫ ގައި އަލުން ބަނދަރެއް ތަރައްޤީކުރުމަށް ވަނީ ހިމަނާފައެވެ. ނަމަވެސް އަދި އެކަމުގެ އެއްވެސް ހިލަމެއް ނުވެއެވެ. ބަނދަރު ހެދީންސުރެ އޮޑިވެރިންނާއި، ފަޅުގެ ބޭނުން ހިފާ ރައްޔިތުންނަށް އެއްވެސް ހަމަޖެހުމެއް މިއަދާ ހަމައަށް ލިބިފައެއް ނުވެއެވެ. އެހެންކަމުން އަދިވެސް މާއުނގޫދޫގެ ރައްޔިތުން އިންތިޒާރު ކޮށްގެން ތިބީ ޒަމާނާ އެއްގޮތަށް ތަރައްގީކޮށްފައިވާ ރީތި ބޮޑު ބަނދަރެކެވެ.

Comments

One response to “ފުރިހަމަ ބަނދަރެއް އެއްވެސް ސަރުކާރަކަށް ނުކުރެވުނު ކަމެއް”

  1. site Avatar

    Truck pornDisgraced teen tubeDaniel porn star stormyDegrassi girl in poison ivy nudedVagina iudVintage native
    american dollsInsane nakedAsians 4 u xnxx Sexual orientations in indiaBeach sex thumbsBuy penis enlargement vimax incredible siteWoman assholeBritish milf hardcoreProgressive asian commodities trading inc.

    PhilippinesFucking college chicks xnxxmega.com Us virgin islands homeless shelterRetro vintage
    thumbsTeen porn bukakeFree and video and sexGay sex with
    dogGirl peeing an almost endless streamVintage steiff boxerNaughty
    sex kittens xnxx Young horny doctors fucking patientsRed
    hot free pornVeronica grey nudeFree hot assesHot sexy tit fuckAll in open bottom girdlesGym-shorts gay borstal
    ptUkraine xxxWild pussy collegeAdult literacy researchSimpson hentai
    vidsMature milf ffmInfinity/ mobius strip tie & lapel pinsNaked firefighterBlack haired boys
    nudeAtk hairy lexiComplications of vacuum extraction vaginal deliveryNude
    nikki hiltonWrapped in bags and pantyhoseFinal fantasy hentai porn picsTeen porn teenager eighteen mom girl

Leave a Reply

Your email address will not be published. Required fields are marked *