loader image
22 May 2025, Thu

ފުނަދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި

ބަލާފައިވަނީ: 288
ކިޔުމަށް ހޭދަވާނީ:29 ސިކުންތު

ފުނަދޫ މޮނީޓަރިންގެ ހާލަތުން ނަގައިފިއެވެ. ފުނަދޫ މޮނީޓަރިން ހާލަތުން ނަގާފައިވަނީ މިރެއެވެ.

އެގޮތުން މޮނިޓަރިން ހާލަތު އުވާލާފައި ވަނީ އެ ރަށްރަށުން ނެގި ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާތައް ނެގަޓިވް ވުމާ ގުޅިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ފުނަދޫ މޮނީޓަރިން ހާލަތަށް ގެނެސްފައިވަނީ މިދިޔަމަހު 24 ވަނަ ދުވަހުއެވެ. ފުނަދޫ ކައުންސިލުން އެންމެފަހުން އާންމު ކޮށްފައިވާ މައުލޫމާތު ތަކަށް ބަލާއިރު 50 ޕޮޒިޓިވް ކޭސް މިވަގުތުވެސް އެރަށުގައި ވެއެވެ.

މިވަގުތު މޮނިޓަރިންގެ ޙާލަތުގައި 26 ރަށެއް އެބައޮތެވެ. މިފަހަކަށް އައިސް އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ.

އެގޮތުން ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު ރަށުގައި ބަލި ފެތުރި ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *