loader image
22 May 2025, Thu

ފުނަދޫ ކޮވިޑްގެ ހާލަތު : 42 ޕޮޒިޓިވް ކޭސް، 97 ގެ ކަރަންޓީނު ކުރެވިފަ

ބަލާފައިވަނީ: 301
ކިޔުމަށް ހޭދަވާނީ:36 ސިކުންތު

ކޮވިޑްގެ ސަބަބުން ފުނަދޫ މޮނީޓަރިންގައި އޮންނަތާ ދެހަފްތާއައި ގާތްވެފައިވާއިރު އެރަށުން އަދިވެސް ކޮވިޑްގެ ކޭސްތައް ދަނީ ފެންނަމުންނެވެ.

ކޮވިޑް 19 ގެ ގިނަ ޕޮޒިޓިވް ކޭސްތަކެއް މިއަދާ ހަމައަށް ފުނަދޫ އިންވަނީ ފެނިފައެވެ. އެގޮތުން ފުނަދޫ ކައުންސިލުން އެންމެފަހުން އާންމުކުރި މައުލޫމާތު ތަކަށް ބަލާއިރު އިއްޔެވެސް ވަނީ އިތުރު ފަރާތެއް އެރަށުން ޕޮޒިޓިވް ވެފައެވެ. އެއާއެކު ޖުމްލަ ޕޮޒިޓިވް ކޭސް ތަކުގެ އަދަދު ވަނީ 42 އަށް އަރާފައެވެ. މިވަގުތުވެސް 97 ގެއެއް ކަރަންޓީނު ކުރެވުފައިވާކަން ފާހަގަކުރެވެއެވެ.

އިއްޔެ ފުނަދޫ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި ކަރަންޓީނު ކޮށްފައިވާ ގޭގެއަށް މީހުން ވަދެ ނިކުމެވާކަމުގެ މައުލޫމާތު އެ ކައުންސިލަށް ލިބެމުންދާކަމަށާއި އެކަން އެގޮތަށް ނުކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. ޤަވައިދާ ހިލާފަށް އަމަލު ކުރަމުންދާ ފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅާނެކަންވެސް އިއްޔެ އެ ކައުންސިލުން ވަނީ އާންމުކޮށް ފައެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ފުނަދޫ އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ އިރު ރެޔާ ހަމައަށް ޖުމްލަ 23 ރަށެއް ވަނީ މޮނިޓަރިންގެ ހާލަތުގައެވެ.

 

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *