ފުނަދޫގައި އޮންނަ ސީއެމްބިއުލަންސްއަށް ޑްރައިވަރުންނާއި ފަޅުވެރިން ހޯދަނީ

ކޮންޓްރެކްޓް އުޞޫލުން ށ.ފުނަދޫގައި އޮންނަ ސީ އެމްބިއުލަންސަށް ޑުރައިވަރަކާއި ފަޅުވެރިއެއްގެ ވަޒީފާއަށް ފުރުޞަތު ހުޅުވާލައިފި

ސީއެމްބިއުލަންސްގެ ޑުރައިވަރާއި ފަޅުވެރިއެއްގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު މި ހިނގާ ނޮވެމްބަރ މަހުގެ 9 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.

ޑުރައިވަރުގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުތުތަކުގެ ތެރޭގައި ނެވިގޭޝަން ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން A,B,C ލައިސަންސް ލިބިފައިވުމާއި، ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހަކު ކަމުގައިވުން ހިމެނެއެވެ. ފަޅުވެރިންގެ ޝަރުތުތަކުގެ ތެރޭގައި އަސާސީ ތަޢުލީމުގެ ފެންވަރު ހުރުމާއެކު، ކަނޑުމަތީ އުޅަނދުފަހަރުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުމާއެކު ގިނަވަގުތު ކަނޑުމަތީ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްގައިހުރި މީހެއްކަމުގައިވުން ހިމެނެއެވެ.

މި މަގާމު ތަކުގެ މުސާރައިގެ ގޮތުގައި ޑުރައިވަރަކަށް މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 8,877.00 ރުފިޔާ ލިބޭނެއެވެ.) މީގެއިތުރުން ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އަދި ޝިފްޓް ޑިއުޓީ އެލަވަންސްއާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. ފަޅުވެރިއަކަށް ކަނޑައަޅާފައިވަނީ މުސާރައާއި، ސަރވިސް އެލަވަންސްއާއި، ސްޕެޝަލް ޑިއުޓީ އެލަވަންސްއާއި އަދި ޔުނީފޯމް އެލަވަންސްއަށް މުޅިޖުމްލަ މަހަކު 7,627.75 ރުފިޔާ ލިބޭނެއެވެ.) މީގެއިތުރުން ހާޑްޝިޕް އެލަވަންސްގެ ގޮތުގައި މަސައްކަތަށް ނުކުންނަ ދުވަހަކަށް -/20 ރުފިޔާ އަދި ޝިފްޓް ޑިއުޓީ އެލަވަންސްއާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއެވެ.

އެ މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތަކުން ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހިރައްޔިތެއްކަން އަންގައިދޭކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯން ނަންބަރު ޖައްސަވާ އީމެއިލް މެދުވެރިކޮށް careers@defence.gov.mv ސިޓީފޮނުއްވުމަށް ވަނީ އެދިފައެވެ.

Comments

One response to “ފުނަދޫގައި އޮންނަ ސީއެމްބިއުލަންސްއަށް ޑްރައިވަރުންނާއި ފަޅުވެރިން ހޯދަނީ”

  1. Thurman Avatar

    Thank you for the auspicious writeup. It in fact
    was a amusement account it. Look advanced to far added agreeable from you!
    However, how can we communicate? xnxx

Leave a Reply

Your email address will not be published. Required fields are marked *