މާއުނގޫދޫ ސުކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ

މާއުނގޫދޫ ސުކޫލްގައި އެޅުމަށް ހަމަޖެހިފައިވާ މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ސައިޓްގެ ފެންސު ޖަހަން ފަށާފަ

އެގޮތުން އެމަސައްކަތް ހަވާލުވެފައިވާ އަފާމީ މޯލްޑިވްސް އިންވަނީ ސައިޓަށް މޮބިލައިޒްވެ އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ސައިޓްގެ ފެންސު ޖަހަން ފަށާފައެވެ. މަސައްކަތައް ކުރުމަށް މަސައްކަތު މީހުންގެ ގޮތުގައި 8 މީހަކު މިދިއަ ބުރާސްފަތި ދުވަހު ވަނީ ރަށަށް އައިސްފައެވެ.

މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ސައިޓްގެ ފެންސު ޖަހަން ފަށާފަ

އަފާމީ މޯލްޑިވްސް އާއެކު މިމަސައްކަތް ކުރުމަށް އެގްރިމެންޓްގައި ސޮއިކޮށްފައިވަނީ 16 ސެޕްޓެމްބަރ 2021 ވަނަ ދުވަހުއެވެ. މިމަސައްކަތް އަފާމީ އާއި ހަވާލުކުރެވިފައިވަނީ 365 ދުވަހުގެރޭ ނިންމާގޮތަށެވެ.

މި މަސައްކަތަކީ އެމް.ޑީ.ޕީ ސަރުކާރުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި މާއުނގޫދޫ ހިންގުމަށް ވަޢުދު ވެފައިވާ ޕުރޮޖެކްޓެވެ. މި މަސައްކަތައް ދައުލަތުގެ ބަޖެޓުން 9.8 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ނިންމާފައި ވެއެވެ.

Comments

One response to “މާއުނގޫދޫ ސުކޫލްގެ މަލްޓި ޕާޕަސް ހޯލް އިމާރާތް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެއްޖެ”

  1. xxxproud.com Avatar

    Good response in return of this issue with real arguments and explaining everything on the topic of that.

    xnxx

Leave a Reply

Your email address will not be published. Required fields are marked *