އިލާހީ ޢަދްލުވެރިކަމާއި، އިންސާނީ މުސާވާތުގެ މަތިވެރި މިސާލެއް

Written by

in

އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. އަހަރެމެން ޢުމަރު ބުނުލް ޚައްޠާބުގެ އަރިހުގައި ތިބީމުއެވެ. އެކަލޭގެފާނުގެ އަރިހަށް މިޞުރު މީހަކު އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. އޭ އަމީރުލްމުއުމިނީނެވެ. އަޅުގަނޑު ކަލޭގެފާނުގެ އަރިހުން ޙިމާޔަތް އެދެމެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ކަލޭގެ މައްސަލައަކީ ކޮބައިހެއްޔެވެ؟ މިޞުރުމީހާ ދެންނެވިއެވެ. މިޞުރުގެ ޙާކިމް ޢަމްރުބުނުލް ޢާޞް މިޞުރުގައި އަސްރޭހެއް ބޭއްވެވިއެވެ. އެރޭހުގައި އެއް އަސް އެހެން އަސްތަކަށްވުރެ ކުރިއަރައިގެން ދިޔައެވެ. އެއީ އަޅުގަނޑުގެ އަހެކެވެ. އެހިނދު މީސްތަކުން ބައިބަޔަށް އައިސް އަޅުގަނޑު އަސް ބަލާންފެށުމުން ޢަމްރުބުނުލް ޢާޞްގެ ދަރިކަލުން މުޙައްމަދު ތެދުވެވަޑައިގެންފިއެވެ. އޭނާ ވިދާޅުވިއެވެ. ކަޢުބާގެ ވެރި ރަސްކަލާނގެ ގަންދެމެވެ. ކުރިއެރީ އަހަރެންގެ އަހެވެ. އޭނާ އަޅުގަނޑުގެ ގާތަށް ވަޑައިގެން އަޅުގަނޑަށް އޭނާ ފާހަގަކުރެވުމުން އަޅުގަނޑު ބުނީމެވެ. ކަޢުބާގެ ވެރި ރަސްކާލާނގެ ގަންދެމެވެ. ކުރިއެރީ އަހަރެންގެ އަހެވެ. އެކަމާހުރެ މުޙައްމަދު ބިން ޢަމްރު ކޯފާވެގެން “މިއެތިފަހަރު ލިބިގަންނާށެވެ. މިއެތިފަހަރު ލިބިގަންނާށެވެ. އަހަންނަކީ ދެމާތްމީހުންގެ ދަރިކަލުންނެވެ.” މިހެން ވިދާޅުވަމުން އަޅުގަނޑުގެ ގައިގައި ހަންމުށީން ތަޅުއްވައިފިއެވެ.

ރާވީ ވިދާޅުވިއެވެ. މާތްﷲ ގަންދެމެވެ. ޢުމަރުގެފާނު މިޞުރުމީހާ އެކަލޭގެފާނުގެ އަރިހުގައި ބައިންދަވައިފައި ވަގުތުން ޢަމްރުބުނުލް ޢާޞަށް ސިޓީއެއްލިޔުއްވިއެވެ. އެސިޓީގައިވެއެވެ. “އަހަރެންގެ މިސިޓީ ލިބިވަޑައިގަންނަވާއިރަށް ވަގުތުން މަދީނާއަށް ވަޑައިގަންނަވާށެވެ. ކަލޭގެފާނާއެކު ކަލޭގެފާނުގެ ދަރިކަލުން މުޙައްމަދުވެސް ގެންނަވާށެވެ.”

ރާވީ ވިދާޅުވިއެވެ. އެސިޓީ ލިބިވަޑައިގަތުމުން ޢަމްރުބުނުލް ޢާޞް އެކަލޭގެފާނުގެ ދަރިކަލުން ގެންނަވައި ސުވާލުކުރެއްވިއެވެ. “ދަރިފުޅުގެ ފަރާތުން ކަމެއް ހިނގީހެއްޔެވެ؟ ދަރިފުޅަށް ކުށެއް ކުރެވުނީހެއްޔެވެ؟ މުޙައްމަދު ނޫނެކޭ ވިދާޅުވިއެވެ. ޢަމްރުބުނުލް ޢާޞް ވިދާޅުވިއެވެ. އެހެންވީއިރު ޢުމަރުގެފާނު ކަލެޔާމެދު މިފަދަ ސިޓީއެއް ލިޔުއްވަން ޖެހިވަޑައިގަތީ ކީއްވެގެން ހެއްޔެވެ؟” ރާވީ ވިދާޅުވިއެވެ. އެއަށްފަހު އެދެބަފައިކަލުން ދަތުރުކުރައްވައި ޢުމަރުގެފާނުގެ އަރިހަށް ވަޑައިގެންނެވިއެވެ.

އަނަސު ބިން މާލިކު ވިދާޅުވިއެވެ. މާތް ﷲ ގަންދެމެވެ. ޢަމްރުބުނުލް ޢާޞް ވަޑައިގެންނެވިއިރު އަހަރެމެން ތިބީ ޢުމަރުގެފާނުގެ އަރިހުގައި މިނާގައެވެ. އަހަރެމެން އެތާގައި ތިއްބައި ޢަމްރުބުނުލް ޢާޞް ވަޑައިގެންފިއެވެ. އެކަލޭފާނުގެ ހަށިކޮޅުގައި އޮތީ އިޒާރުކޮޅާކާއި، ފޮށާކޮޅެކެވެ. ޢުމަރުގެފާނު އެކަލޭގެފާނާ ދިމާޔަށް އެނބުރިވަޑައިގެންނެވިއެވެ. އެކަލޭގެފާނުގެ ދަރިކަލުން ދެކެވަޑައިގެންނެވުމަށްޓަކައެވެ. އެދަރިކަލުން އޭނާގެ ބައްޕާފުޅުގެ ފަހަތްޕުޅުގައި ހުންނެވިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. މިޞުރުމީހާ ކޮބައިހެއްޔެވެ؟ އެނާ ދެންނެވިއެވެ. “އަޅުގަނޑު އެބަހުރީމެވެ.” ޢުމަރުގެފާނު ވިދާޅުވިއެވެ. “މިހަންމުށީގައި ހިފާށެވެ. ދެ މާތް މީހުންގެ ދަރިކަލުންގެ ގައިކޮޅުގައި ތަޅާށެވެ.” ރާވީ ވިދާޅުވިއެވެ. މިޞުރުމީހާ މުޙައްމަދުގެ ގައިކޮޅުގައި ތެޅިއެވެ. މުޙައްމަދުގެ ގައިކޮޅުން ލޭއޮހޮރިއްޖެއުމަށް ދާންދެނެވެ.

ދެން ޢުމަރުގެފާނު ވިދާޅުވިއެވެ. “ޢަމްރުބުނުލް ޢާޞުގެ އިސްތަށިފުޅުގައިވެސް ޖަހާށެވެ. މާތް ﷲ ގަންދެމެވެ. އޭނާގެ ދަރިކަލުން ކަލޭގެ ގައިގައި ތެޅުއްވީ ބައްޕަގެ ވެރިކަމުގެ ބާރުގެ ސަބަބުން ލިބުނު ގަދަކަމުގައެވެ.” ނަމަވެސް ޤިބުޠީކަލޭގެ ދެންނެވިއެވެ. “އަމީރުލްމުއުމިނީނެވެ. އަޅުގަނޑުގެ ގައިގައި ތެޅިމީހާގެ ގައިގައި އަޅުގަނޑު ތަޅައިފީމެވެ.” ޢުމަރުގެފާނު ވިދާޅުވިއެވެ. “މާތްﷲ ގަންދެމެވެ. ކަލޭގެ ޢަމްރުގެ ގައިގައި ތެޅިޔަސް އަހަރެން ކަލެއާއި އޭނާއާ ދެމެދަކަށް ހުރަހެއް ނާޅާނަމެވެ. ކަލޭގެ އަމިއްލައަށް އޭނާ ދޫކޮށްލަންދެނެވެ.” އެއަށްފަހު ޢުމަރުގެފާނު ޢަމްރުބުނުލް ޢާޞާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. “އޭ ޢަމްރެވެ! ކަލޭގެފާނު މީސްތަކުން އަޅުވެތި ކުރައްވާން ފެއްޓެވީ ކޮންއިރަކުއްސުރެތޯއެވެ. ބަލަގަ އެބައިމީހުންގެ މައިން އެބައިމީހުން ވިހެއީ މިނިވަނުންގެ ގޮތުގައެވެ!”

ދެން ޢުމަރުގެފާނު ޤިބުޠީއާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. “ހިތްހަމަ ޖައްސައިލައިގެން ހުރެ އެނބުރި ރަށަށް ދާށެވެ. ކަލެއާ ދެކޮޅަށް އިތުރުކަމެއް ހިނގައިފިނަމަ އަހަންނަށް ލިޔާށެވެ.”

މިޙާދިޘާއަކީ އޭގެ ބާވަތަށް ބަލާއިރު މުޅި އިންސާނީ ތާރީޚްގައިވެސް އާދަޔާ ޚިލާފު ޙާދިޘާއެކެވެ. މި ޙާދިޘާ ހާމަކޮށްދެނީ މާތް ޞަހާބީންނަކީ ކޮންކަހަލަ ބައެއްކަމެވެ. އެބޭކަލުންނަކީ މާތްﷲގެ ދީނުގެ ތާރީޚު އުފެއްދެވި ބޭކަލުންނެވެ. ޞަޙާބީންނަށްފަހު މާތްﷲގެ ދީނަކީ ޙަޤީޤީ އަދި ޢަމަލީ ތާރީޚެއް އޮތް ދީނެއްކަމުގައި ވެއްޖެއެވެ.

މާތްﷲ އެދިވޮޑިގެންވަނީ އެކަލާނގެ ދީނުގެ ފަހަތުގައި ތާރީޚީ ނަމޫނާއެއް ޤާއިމުވުމަށެވެ. ނަމަވެސް އެއީ އާދައިގެ ކަމެއްނޫނެވެ. އެކަމަށްޓަކައި ބޭނުންވަނީ ދީނީ ފިކުރުގެ ބިންގަލުގެ މަތީގައި ބައިނަލްއަޤްވާމީ އިންޤިލާބެއް އައުމެވެ. އޭގެ ނަތީޖާގެ އަސަރު ދުރަށް ފޯރާކަހަލަ އިންޤިލާބަކާ ނުލައެއް އިސްދެންނެވި ބާވަތުގެ ޙާދިޘާއެއް ތާރީޚުގައި ލިޔެވޭކަށެއް ނޯންނާނެއެވެ. ޝައްކެއްނެތެވެ. އިސްވެދިޔަ ޙާދިޘާއަކީ އިލާހީ ޢަދްލުވެރިކަމާއި އިންސާނީ މުސާވާތުގެ މަތިވެރި މިސާލެކެވެ.

Comments

One response to “އިލާހީ ޢަދްލުވެރިކަމާއި، އިންސާނީ މުސާވާތުގެ މަތިވެރި މިސާލެއް”

  1. site Avatar

    How men feel about oral sexNaked pics of junior celebsMovie thumbs hentaiHow
    many bones are there in the adult human bodyDanielle’s staub nudeNaked rugbGay hotels in new orleans laBeautiful asian women jpegHeather graham lesbian kissing xnxx Upskirt pantihoseYoung black sex
    makers free videosHow to prepair for anal sexMelado girl pornRevolutionary war
    pornNnenna lynch sexyStillman valley illinois fuckGay male spanking stories https://free.sexozilla.com/ Nude pamela anderson photosBrisbane escortsMature
    fishnetGay politician documetaryWoman vintage clothesFree caroline
    pierce pornEmmanuelle chriqui in bikiniFree hairy armpit pornFree xxx sons fuckingf mothers xnxx Mother
    daughter in threesomeTarragon chicken breast recipe low sodiumAdult ghost buster
    costumeOld redheaded granny fuckedNasty nude momsNude counter strike
    spraysFree vibrator powered by vbulletinKindercare tacoma sucksLingerie piesStar trial breast cancerAsians pissing outdoorsBondage outdoor
    sexClass ring vintageKelek vintage catalogueGay sex viodeosBest
    erotic filmsAsian girl guy likeArmy of ass scene 7Erotica high class strap onChubby chasers scLatina glory hole girls

Leave a Reply

Your email address will not be published. Required fields are marked *