މޮނިޓަރިންގެ ހާލަތުން ނެގުމަށް ބޭނުންވާ ރެންޑަމް ސާމްޕަލްނަގަނީ

ށ. މާއުނގޫދޫ މޮނިޓަރިންގެ ހާލަތުން ނެގުމަށް ބޭނުންވާ ރެންޑަމް ސާމްޕަލް ނެގުން މިއަދު މާއުނގޫދޫ ސިއްޙީ މަރުކަޒުގައި ކުރިއަށް ގެންދަންނިންމައިފި

އެ އިދާރާގެ ދެންނެވުމަގައި ވަނީ 10 އޮކްޓޫބަރ 2021 ވަނަ ދުވަހުގެ ހެނދުނު 11:00 އިން މެންދުރު ފަހު 2:00 އަށް ސާމްޕަލް ނެގުމުގެ މަސައްކަތް މާއުނގޫދޫ ޞިއްޙީ މަރުކަޒު ގޯތިތެރޭގައި ކުރިއަށް ދާނެކަމަށެވެ. ސާމްޕަލދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެގަޑިއަށް މަރުކަޒަށް އައުމަށް އެދިލައްވައެވެ.

މިއަދު ނެގޭ ރޭންޑަމް ސާމްޕަލް ތަކަކީ ރަށް މޮނިޓަރިންގެ ޙާލަތުން ނެގުމަށް މުހިންމު ސާމްޕަލްތަކެއް ކަށްވާތީ މިކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށް ޞިއްޙީ މަރުކަޒުގެ މެނޭޖަރ އައިޝަތު ޝިފާނާވަނީ ހާމަކުރައްވާފައެވެ.

ށ މާއުނގޫދޫ އިން ކޮވިޑް-19 ގެ ޕޮޒިޓިވް ކޭސްއެއް ފެނުމާއި ގުޅިގެން 29 ސެޕްޓެމްބަރ 2021 ގައި ވަނީ ރަށް މޮނިޓަރިންނަށް ގެނެސްފައެވެ. ޕޮޒިޓިވްވި ކޭސްއާއި ގުޅިގެން ކޮންޓެކްޓް ޓުރޭސިންގެ ތެރެއިން 28 ފަރާތެއް ފާހަގަކުރެވި ކަރަންޓީންކުރެވުނެވެ. އެފަރާތްތަކުގެ ސާމްޕަލްގެ ނަތީޖާ 8 އޮކްޓޫބަރ ގައި  ލިބިފައިވާއިރު މިހުރިހާ ފަރާތްތަކެއްވެސް ވަނީ ކޮވިޑް19 އަށް ނައްސިވެފައެވެ.

Comments

2 responses to “މޮނިޓަރިންގެ ހާލަތުން ނެގުމަށް ބޭނުންވާ ރެންޑަމް ސާމްޕަލްނަގަނީ”

  1. linktr.ee/auroravpn Avatar

    Hi i am kavin, iits my firfst occasion to commenting anyplace, whn i read
    ths post i tought i could alwo make commwnt ddue to this sensible piecce of writing.
    auroravpn

  2. webpage Avatar

    Greetings! I’ve been following your weblog forr ome time noww and finaply gott the bravery to go ahead
    and give yoou a sout ouut from Dallas Texas!
    Just wanted to mewntion keep up tthe fantastic work! xnxx

Leave a Reply

Your email address will not be published. Required fields are marked *