loader image
23 May 2025, Fri

އޭ.ޓީ.އެމް އިމާރާތުގެ ކަރަންޓު މައްސަލައަކާއި ގުޅިގެން ޙިދުމަތް މެދުކެނޑިއްޖެ

ބަލާފައިވަނީ: 327
ކިޔުމަށް ހޭދަވާނީ:28 ސިކުންތު

ބުރާސްފަތި ދުވަހުގެރޭ އޭ.ޓީ.އެމް އިމާރާތުގެ އޮޓޯ ސުވިޗަކަށް ޓެކްނިކަލް މައްސަލައެއް ދިމާވެގެން އޭ. ޓީ. އެމް އިން ކަރަންޓު ކެނޑި ޙިދުމަތައް ވަނީ ބުރޫއަރައިފި

ބުރާސްފަތި ދުވަހުގެ ރޭ ގާތްގަނޑަކަށް 8:30 ހާއިރު އޭ. ޓީ.އެމް ގެ އޮޓޯސުވިޗެއްގައި މައްސަލަޖެހި އިމާރާތުން ކަރަންޓުކެނޑިގެން މައްސަލަދިމާވިފަހުން އަދިވެސް ވަނީ ޙިދުމަތް މެދުކެނޑިފައެވެ.

މީގެ ދެދުވަހުގެ ކުރިން ޖެހުނު މައްސަލަ ޙައްލު ކުރުމަށް ފުނަދޫ ބުރާންޗުގެ ޓީމެއް މިއަދު އައިސް ކުރި މަސައްކަތުން އިމާރާތުން ކރަންޓު ކެނޑޭ މައްސަލަވަނީ ހައްލުކޮށްފައެވެ. ނަމަވެސް އޭ. ޓީ. އެމް އަށް ދިމާވެފައިވާ މައްސަލަ ވަނީ ހައްލުކުރެވޭގޮތް ނުވެފައެވެ. މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން މިމައްސަލަ ޙައްލު ކުރުމަށް މާލެއިން ޓީމެއް އައުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. ވީހާވެސް އަވަހަކަށް މައްސަލަ ހައްލުވެ އަލުން ޙިދުމަތް ލިބިގެން ދިއުމަކީ މާއުނގޫދޫ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *