ޕީސީއާރް ޓެސްޓު ނަހަދާ ދަތުރުކުރެވޭނެ ރަށްތަކުގެ ލިސްޓުގައި ށ. މާއުނގޫދޫ ހިމެނިއްޖެ

ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ހަދާ ޕީސީއާރް ޓެސްޓު ނަހަދާ ދަތުރު ކުރެވޭނެ ރަށްތަކުގެ ލިސްޓަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިތުރު ކުރި ރަށްތަކުގެ ތެރޭގައި ށ. މާއުނގޫދޫ ހިމެނިއްޖެއެވެ.

ށ. މާއުނގޫދޫ ގެ 12 އަހަރާއި 65 އަހަރާ ދެމެދުގެ އާބާދީގެ 91 ޕަސެންޓް މީހުން ވަނީ ވެކްސިނޭޝަން ފުރިހަމަ ކޮށްފައި އެވެ. އަދި 65 އަހަރުން މަތީގެ އާބާދީގެ 100 ޕަސެންޓް މީހުން ވަނީ ވެކްސިނޭޝަން ފުރިހަމަ ކޮށްފައި އެވެ.

ސެޕްޓެމްބަރު އެއްވަނަ ދުވަހުން ފެށިގެން ވެކްސިން ޖަހަންޖެހޭ އާބާދީގެ 90 ޕަސެންޓު މީހުން ވެކްސިންގެ ދެ ޑޯޒު ފުރިހަމަ ކޮށްފައިވާ ރަށް ރަށަށް ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރު ކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުރިއެވެ.

އެގޮތުން 12 އަހަރުން މަތީގެ އާބާދީގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމާއި ރަށުގައި ދިރިއުޅޭ 65 އަހަރުން މަތީގެ މީހުންގެ 90 ޕަސެންޓް ވެކްސިން ފުރިހަމަވުމުގެ އިތުރުން ގެސްޓްހައުސް ހުންނަ ރަށްރަށުގައި ގެސްޓްހައުސްތަކުގައި މަސައްކަތްކުރާ މީހުންނާއި ޓޫރިސްޓު ހިދުމަތުގައި މަސައްކަތްކުރާ މީހުންގެ 95 ޕަސެންޓް ވެކްސިން ފުރިހަމަވެފައިވާ ނަމަ، އެރަށަކަށް ޕީސީއާރު ޓެސްޓު ނުހަދައި ދަތުރު ކުރެވޭނެ އެވެ.

މިއަދު އިތުރުކުރި ރަށް ހިމެނޭހެން މިހާރު ޓެސްޓް ހެދުމަކާ ނުލާ 129 ރަށަކަށް ދަތުރުކުރެވޭނެ އެވެ.

 

Comments

One response to “ޕީސީއާރް ޓެސްޓު ނަހަދާ ދަތުރުކުރެވޭނެ ރަށްތަކުގެ ލިސްޓުގައި ށ. މާއުނގޫދޫ ހިމެނިއްޖެ”

  1. vidsgrid.com Avatar

    This is a topiic that’s near to my heart… Cheers!

    Exactly where are your contact ddetails though? xnxx

Leave a Reply

Your email address will not be published. Required fields are marked *