loader image
22 May 2025, Thu

ނަރުދަމާ ހޮޅިތައް ވަޅުލުމުގެ މަސައްކަތައް ބޭނުންވާ ސާމާނު ގެނެސްފި

ބަލާފައިވަނީ: 444
ކިޔުމަށް ހޭދަވާނީ:39 ސިކުންތު

މާއުނގޫދޫ ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ކުރެވެމުންދާ މަސައްކަތުގައި ހޮޅިތައް ވަޅުލުމަށް ބޭނުންވާ ސާމާނު މިއަދު ރަށަށް ގެނެސްފިއެވެ.

މިއަދު ހަވީރު 3:30 ގައި މި ސާމާނު ހިފައިގެން އައި ދޯނިވަނީ މާއުނގޫދޫ ގައި ބަނދަރުކޮށްފައެވެ. ކޮނުމުގެ މަސައްކަތައް ބޭނުންވާ ހައިމާކާއި، ޕިކަޕް އަދި އެމަސައްކަތް ކުރާ މީހުންވެސް ވަނީ މިއަދު އައިސްފައެވެ. މިމީހުންގެ އިތުރުން ހޮޅިވަޅުލުމުގެ މަސައްކަތުގައި ހަރަކާތްތެރިވާނެ މީހުން މާއުނގޫދޫ އިން މިހާރު ވަނީ ހަމަޖެހިފައެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި މަގުތައް ކޮނެ ހޮޅިވަޅުލާން ފެށޭނެކަމަށް މައުލޫމާތު ލިބެއެވެ.

މަގުތައް ކޮނުމަށް ގެނައި ހައިމާކު މާއުނގޫދޫ ބަނދަރަށް ބާލާފައި

ފެނާއިނަރުދަމާ ޙިދުމަތުގެ ފެސިލިޓީ އިމާރާތުގެ ބޮޑުބައެއް މިހާރު ވަނީނިމިފައެވެ. މި މަޝްރޫޢަކީ ސަރުކާރު ބަޖެޓުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. 2019 ވަނަ އަހަރު ފެށި މިމަސައްކަތް ހަވާލުކޮށްފައިވަނީ ސުޓެޓިކް ކޮންޕެނީއާއެވެ.

މާއުނގޫދޫ ގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ކުރަމުން އަންނަ މަސައްކަތެކެވެ. މިއީ މިރަށުގައި މިހާތަނަށް ހިންގޭ ތަރައްޤީގެ އެންމެ ބޮޑު އެއް ޕުރޮޖެކްޓެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *