ކޮވިޑް 19 އަށް އިތުރު ފަރާތްތަކެއް މިއަދު ފައްސިވެ ރަށް މޮނިޓަރިންއަށް ލުމާއިގުޅިގެން ސުކޫލްގެ ބައެއް ކުލާސްތަކުގެ ކިޔެވުން ބަންދު ކޮށްފިއެވެ.
އެގޮތުން މާދަމާއިން ފެށިގެން މޮނިޓަރިން އުވާލަންދެން އެލް.ކޭ.ޖީ އިން ފެށިގެން ގުރޭޑް 8 އާއި ހަމައަށް ހުރިހާ ކުލަސްތަކެއްގެ ކިޔެވުންވަނީ މެދުކަނޑާލެވިފައެވެ. ނަމަވެސް ގުރޭޑް 9 އަދި 10 ގެ ދަރިވަރުންނަށް ކުރިއެކޭ އެއްގޮތަށް ކުލާސްތައް ކުރިއަށް ގެންދާނެކަމަށް މައުލޫމާތު ލިބެއެވެ.
މިދަނޑިވަޅުގައި އެންމެހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އުޅުމަށާއި ކޮންމެހެން ބޭރަށް ނުކުންނަން ޖެހިގެން ނޫން ގޮތަކަށް ބޭރުގައި ނޫޅުމަށާއި ގައިދުރުކަން ބެހެއްޓުމަށް އަދި ގިނަގިނައިން އަތް ދޮވުމަށް މާއުނގޫދޫ ޞިއްޙީމަރުކަޒުން އިލްތިމާސް ކުރައްވައެވެ.
Leave a Reply