loader image
22 May 2025, Thu

ހަތަރު ގަޑިއިރެއްހާ އިރު ކަރަންޓު ކެނޑިފަ ހުރުމަށްފަހު އަލުން ކަރަންޓުދީފި

ބަލާފައިވަނީ: 287
ކިޔުމަށް ހޭދަވާނީ:34 ސިކުންތު

މާއުނގޫދޫ އިން 4 ގަޑި އިރެއްހާއިރު ކަރަންޓުގެ ޙިދުމަތް މެދުކެނޑިފައި ހުރުމަށްފަހު އަލުން ކަރަންޓުގެ ޙިދުމަތް ދޭންފަށައިފި.

މިއަދު ހަވީރު 15:30 ގައި ކަރަންޓުގެ ޙިދުމަތް މެދުކަނޑާލާފައިވަނީ އިންޖީނުގެ އަވަރލީ މެއިންޓަނަންސް މަސައްކަތެއް ކުރުމަށްޓަކައެވެ. ކުރިން މަސައްކަތްނިންމާ 17:00 ގައި އަލުން ކަރަންޓު ދިނުމަށް ރޭވިފައި ވީނަމަވެސް ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން މަސައްކަތް ނުނިމި ދިގުލައިގެން ގޮސް މަސައްކަތް ނިންމާ ކަރަންޓު ދެވުފައިވަނީ ރޭގަނޑު 19:15 ހާއިރުއެވެ.

މިހާރު މާއުނގޫދޫގައި ކަރަންޓުގެ ޙިދުމަތް ދިނުމުގައި ބޭނުން ކުރެވެމުންދަނީ 400 ކިލޯވޯޓްގެ ޖެނަރޭޓަރެއް އެކަންޏެވެ. 168 ކިލޯވޯޓްގެ ޖެނަރޭޓަރުގެވެސް މައްސަލައެއް ދިމާވެ ވަނީ ހަލާކުވެފައެވެ. ދެން ހުރީ 128 ކިލޯވޯޓްގެ ޖެނަރޭޓަރެކެވެ. އޭގެން ރަށުގެ ލޯޑެއް ނުހިފެހެއްޓެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މިދިޔަ މަހު މާއުނގޫދޫ އަށް ކުރެއްވި ދަތުރުފުޅުގައި ވަރަށް އަވަހަށް އާ ޖެންސެޓެއް ގެނެވި މިހާރު ކަރަންޓަށް ދިމާވެފައިވާ މައްސަލަ ޙައްލު ކުރެވިގެންދާނެކަމަށް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ އެއްވެސް އިޝާރާތެއް އަދި ނުފެނެއެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *