ފުޓްސަލްދަނޑުގެ ފެންސު ނަގައިފި

މާއުނގޫދޫ ފުޓްސަލްދަނޑުގެ ފެންސު މާއުނގޫދޫ ކައުންސިލުން ނަގައިފި
ފުޓްސަލްދަނޑުގެ ފެންސު ހަލާކުވެ ވެއްޓިދާނެ ކަމުގެ ބިރު ހީވެފައިވަނިކޮށް ވޭސްޓުމެނޭޖްމަންޓު މުވައްޒަފުން ފެންސު ބުރިކޮށްލާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ހުޅަނގު ކޮޅު ފެންސާއި ދެކުނުކޮޅުގެ ފެންސު އެއްކޮށް ވަނީ ނަގާފައެވެ.

މާއުނގޫދޫ ފުޓްސަލްދަނޑަކީ 2018 ވަނައަހަރު ތަރައްޤީ ކޮށްފައިވާ ދަނޑެކެވެ. ނަމަވެސް ދަނޑު ހެދުމަށް ބޭނުންކޮށްފައިވާ ސާމާނުގެ ފެންވަރު ދައްވުމުގެ ސަބަބުން އަހަރު ދުވަސް ވީތަނާ ދަނޑުގެ ފެންސުން ބޮޑުބައެއްގައި ހުރި ހޮޅިތައްވަނީ ދަބަރަށްވެ ގިރިގެން ގޮސްފައެވެ. ފެންސު އަރިއަޅާލާފައި އޮންނަތާ އެތައް ދުވަހެއްގެ ފަހުން މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންސު ވެއްޓި މީހަކަށް ގެއްލުން ވެދާނެކަމުގެ ބިރު ބޮޑުވެ އާންމު ރައްޔިތުންގެ އެދުމުގެ މަތިން ފެންސު ނެގުމަށް ނިންމީ ކަމަށް މައުލޫމާތު ލިބެއެވެ.

 

Comments

Leave a Reply

Your email address will not be published. Required fields are marked *