loader image
22 May 2025, Thu

މާއުނގޫދޫ ކައުންސިލްގެ 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލު އަތޮޅު ކައުންސިލަށް ހުށައަޅައިފި

ބަލާފައިވަނީ: 286
ކިޔުމަށް ހޭދަވާނީ:39 ސިކުންތު

ލާމަރުކަޒީ ގާނޫނުގެ ދަށުން ހުށަހަޅަންޖެހޭ ރަށު ތަރައްގީ އާއި ކުރިއަށް އޮތް އަހަރުގެ މަސައްކަތު ތާވަލް ކޮންމެ އަހަރެއްގެ ޖުލައިމަހުގެ ނިޔަލަށް ހުށައަޅަންޖެހެއެވެ.

2022 ވަނަ އަހަރުގެ މަސައްކަތު ތާވަލް ހުށައަޅާފައިވާ ރަށްތައް ހާމަކުރުމަށް ށ އަތޮޅު ކައުންސިލް އިން ނެރު ނޫސްބަޔާނެއްގައި ވާގޮތުން މިއަހަރުގެ ޖުލައިމަހުގެ ނިޔަލަށް ށ އަތޮޅުގެ 10 ކައުންސިލަކުން ވަނީ އަންނަ އަހަރުގެ މަސައްކަތު ތާވަލް ހުށައަޅާފައެވެ. އެކައުންސިލް ތަކުގެ ތެރޭގައި މާއުނގޫދޫ ކައުންސިލްގެ އިތުރުން ދެންހިމެނެނީ، ފުނަދޫ، ކަނޑިތީމް، ނޫމަރާ، ފޭދޫ، ބިލެއްފަހި، ފޯކައިދޫ، ޅައިމަގު، ކޮމަންޑޫ އަދި މިލަންދޫ ކައުންސިލެވެ.

ށ އަތޮޅުގެ ކައުންސިލްތަކުގެ ތެރެއިން ޖުލައި މަހުގެ ނިޔަލަށް އަންނަ އަހަރުގެ މަސައްކަތު ތާވަލު އަތޮޅުކައުންސިލަށް ހުށަނާޅާވަނީ 4 ކައުންސިލަކުންނެވެ. އެއީ ނަރުދޫ ކައުންސިލާއި، ފީވަކު ކައުންސިލާއި، މަރޮށި ކައުންސިލް އަދި ގޮއިދޫ ކައުންސިލެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 108 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް އެއަހަރެއްގެ ޖުލައި މަސް ނިމުމުގެ ކުރިން ރަށު ތަރައްގީގެ ޕްލޭނަށް ބިނާކޮށް ކުރިއަށް އޮތްއަހަރުގެ މަސައްކަތު ތާވަލް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލް ތަކުން ހުށަހަޅަންޖެހެއެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *