loader image
22 May 2025, Thu

މާއުނގޫދޫ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

ބަލާފައިވަނީ: 283
ކިޔުމަށް ހޭދަވާނީ:51 ސިކުންތު

މާއުނގޫދޫ ކައުންސިލުން ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

މިރޭ މާއުނގޫދޫ ސުކޫލް ހޯލުގައި ކުރިއަށްދިޔަ މިބައްދަލުވުމުގައި ވަނީ ފާއިތުވެދިޔަ 6 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ހިއްޞާކޮށްފައެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް އަހަރުގެ މަސައްކަތު މަސައްކަތު ތާވަލާއި ގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާހޯދުނެވެ. އަދި ކުރިއަށް އޮތް 5 އަހަރު ދުވަހަށް އެކުލަވާލާ ތަރައްޤީގެ ޕުލޭނު ހެދުމަށާއި، މާއުނގޫދޫ ލޭންޑް ޔޫސް ޕުލޭނު އެކުލަވާލުމަށް ހިޔާލު ހޯދިގެންދިޔައެވެ.

2022 ވަނަ އަހަރުގެ މަސައްކަތު ތާވަލުގައި ކުރުމަށް ކަނޑައަޅާފައިވާ މުހިއްމު ކަންތައްތަކުގެ ތެރޭގައި

– އާ އައުޓްޑޯ ޖިމެއް ގާއިމްކުރުން

– ކައުންސިލްގެ ބައެއް އިމާރާތްތައް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުން

– ކައުންސިލް ކަޕާއި އެކު ދެ ޖިންސަށް އަމާޒުކޮށް ތަފާތު ކުޅިވަރު ހަރަކާތްތައް ހިންގުން

– ޔޫތު ސެންޓަރު ޤާއިމުކުރުން

– ކުނިނައްތާލުން ހަރުދަނާކޮށް ކަރުގޮހުރު އުކުމަށް ޙާއްސަ ޖެޓީއެއް އެޅުން ފާހަގަކުރެވެއެވެ.

މިދައުރުގެ މިދިޔަ ދުވަސްތަކުގެ ކައުންސިލް ހިނގާދިޔަގޮތްވެސް ވަނީ ރައްޔިތުންނާއި ހިއްޞާކޮށްފައެވެ. އެގޮތުން ކުރެވިފައިވާ ކަންކަމުގެ ތެރެއިން ފާހަގަކޮށްލެވޭ ކަންކަމުގެ ތެރޭގައި ފަޅުގެ ހުޅަނގުކޮޅުގެ ތޮށިގަނޑު އޮޑިވެރިންނާއި ގުޅިގެން މަރާމާތު ކުރުމާއި، ވޭސްޓް މެނޭޖުމެންޓް ސެންޓަރަށް މުވައްޒަފުން އިތުރުކޮށް ވަޞީލަތްހޯދުމާއި، ބޭބީނާސަރީ އާއި ނާސަރީ ހިލޭކުރުމަށް ބޭނުންވާ މުވައްޒަފުން ހޯދައި ދިރާސީ އައު އަހަރާއެކު އެކަން ފެށުމަށް ތައްޔާރުވުން ހިމެނެއެވެ.

އާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ފެނިގެންދިޔައީ ވަރަށް އުންމީދީ ފެށުމެއްގެ ގޮތުގައެވެ. ރައްޔިތުންގެ ގިނަ ކަންބޮޑުވުން ތަކަށް ޖަވާބު ލިބިގެންދިޔަ ބައްދަލުވުމަކަށެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *