މިދައުރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ

މާއުނގޫދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން މިރޭ އޮންނާނެއެވެ.

މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިރޭ 9:00 ގައި މާއުނގޫދޫ ސުކޫލް ހޯލުގައެވެ.

މިބައްދަލުވުމުގައި 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ހިއްޞާކުރުމާއި، 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ރައްޔިތުންގެ ހިޔާލު ހޯދާނެކަމަށް މައުލޫމާތުލިބެއެވެ. ކުރިއަށް އޮތް 5 އަހަރުދުވަހަށް (2022-2026) އަށް އެކުލަވައިލާ ތަރައްޤީގެ ޕުލޭނަށާއި، ލޭންޑް ޔޫސް ޕުލޭނަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުންވެސް ކުރިއަށް ދާނެކަމަށް މާއުނގޫދޫ ކައުންސިލުން ހާމަކުރައްވައެވެ. މިބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ހިޔާލާއި މަޝްވަރާ ހުށައެޅުމަކީ ރަށުގެ ކުރިއެރުމަށް ވަރަށް މުޙިއްމުކަމަކަށް ވެގެންދާނެކަން ޔަޤީނެވެ.

Comments

Leave a Reply

Your email address will not be published. Required fields are marked *