އިނދެގެން އުޅޭ ކަނބަލުން ފެންވަރު ދައްކާލައިފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ކުޅެވުނު ހޭންޑުބޯލް މެޗު އިންދެގެންއުޅޭ ކަނބަލުން ކާމިޔާބުކޮށްފި

މިއަދު ހަވީރު ކުޅެވުނު ފޯރީގަދަ މެޗު ގައި މޮޅަށް ކުޅެމުން ދިޔައީ އިންދެގެންއުޅޭ ކަނބަލުންގެ ޓީމުން ނެވެ. ނަމަވެސް ނީންނަ ކަނބަލުންގެ ޓީމުން ވެސް ހިތްވަރާއެކު ކުޅެމުންދިއަކަން ފާހަގަކޮށްލެވެއެވެ. އިނދެގެން އުޅޭ ކަނބަލުންގެ ޓީމުން މި މެޗު ކާމިޔާބު ކުރީ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. އިނދެގެން އުޅޭ ކަނބަލުން 22 ލަނޑު ކާމިޔާބު ކުރި އެވެ. ނީންނަ ކަނބަލުންގެ ޓީމަށް ކާމިޔާބު ކުރެވުނީ 12 ލަނޑެވެ.

އަންހެނުންގެ ކުޅިވަރެއްގެ ގޮތުގައި މިރަށުގައި އާންމުކޮށް ކުޅެއުޅެނީ ބަށިބޯޅައެވެ. ނަމަވެސް ޒަމާނަނަށް އައި ބަދަލާއިގުޅިގެން މިރަށުގެ އަންހެން ކަނބަލުންވެސް ބޭނުންވަނީ އިދިކޮޅު ޓީމާއި ކުރިމަތި ލައިގެން ކުޅޭ ކުޅިވަރެއް ކުޅުމަށެވެ. އެހެންކަމުން ކައިރި މުސްތަޤުބަލެއްގައި ޤައުމީފެންވަރުގެ ހޭންޑްބޯލް ކުޅުންތެރިންތަކެއް މިރަށުން ފެނުމަކީ ދުރުގައިވާ ކަމެއްނޫނެވެ.

މެޗުން މޮޅުވި އިނދެގެން އުޅޭ ކަނބަލުން

މިމެޗުން މޮޅުވި ޓީމަށް އިނާމު ހަވާލު ކޮށްދެއްވީ މެޗުގެ ޝަރަފުވެރި މެހެމާން މާއުނގޫދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ އަލްފާޟިލާ ސަލްމާ ޢަބްދުއްޞަމަދެވެ.

Comments

Leave a Reply

Your email address will not be published. Required fields are marked *