ދަރަނި އަދާކުރުމަށް ދަތިމީހުންނަށް ދަރަނީގެ މުއްދަތު އިތުރުކޮށްދިނުމަކީ މުސްތަޙައްބުކަމެކެވެ.
މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. وَإِن كَانَ ذُو عُسْرَةٍ فَنَظِرَةٌ إِلَىٰ مَيْسَرَةٍ ۚ وَأَن تَصَدَّقُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ
( سورة البقرة 280 )
މާނައީ: “އަދި، (ދަރަނިވެރިޔާއަކީ) އަތްމަތި ދަތި މީހަކު ކަމުގައިވާނަމަ، ފަހެ، (އެމީހާއަށް) ތަނަވަސްކަމެއް ލިބެންދެން (އޭނާއަށް) مهلة ދޭ ހުށިކަމެވެ! އަދި، ތިޔަބައިމީހުން (އެ ދަރަނީން) صدقات ކުރުން (އެބަހީ: އެ ދަރަނި މާފުކުރުން) ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. ތިޔަބައިމީހުންނަށް (އެކަން) އެނގޭ ކަމުގައި ވާނަމައެވެ.”
އަބޫ ޤަތާދާ ގެ އަރިހުން ރިވާވފައި ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން އަބޫ ޤަތާދާ، އޭނާގެ ދަރަނިވެރިއެއްގެ ކިބައިން ދަރަނި އަދާކުރުމަށް އެދުމުން އެދަރަނިވެރިޔާ ފިލިއެވެ. ދެން އަބޫޤަތާދާއާ އޭނާއާ ބައްދަލުވުމުން އޭނާ އަބޫ ޤަތާދާއަށް ދެންނެވިއެވެ. ތިމަންނާއަކީ ދަރިނި ދެއްކޭވަރުގެ ތަނަވަސްކަން ހުރި މީހެއްނޫނެެވެ. އެހިނދު އަބޫ ޤަތާދާ ވިދާޅުވިއެވެ. މާތް ﷲ ގަންދީ ބުނެބަލާށެވެ! ތިޔަ ހަދަނީ ހަމަ ތެދުހެއްޔެވެ؟ އޭނާ ދެންނެވިއެވެ. މާތްﷲ ގަންދީ ދަންނަވަމެވެ. މިބުނަނީ ހަމަތެދެވެ. އެހިނދު އަބޫ ޤަތާދާ ވިދާޅުވިއެވެ. ތިމަން ﷲ ގެ ރަސޫލާ ﷺ ޙަދީޘްކުރައްވަނިކޮށް އަޑު އެއްސެވީމެވެ. “ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުގެ ތެރެއިން މުޞީބާތަކުން ސަލާމަތްވުމުން އުފާވާ މީހާ ދަތިއުދަނގޫ ޖެހިފައިވާ މީހާގެ ދަތިކަން ފިލުވައިދޭހުށިކަމެވެ! ނުވަތަ އޭނާއަށް މަޢާފްކޮށްދޭހުށިކަމެވެ.
މުސްލިމުގެ ރިވާޔަތެއްގައިވެއެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. ” މީހަކަށް ދަރަނި އަދާކުރުމުގެ މުހުލަތުދީފި މީހާ ނުވަތަ އެފަދަ ދަތި މީހެއްގެ ދަރަނި މަޢާފްކޮށްދީފި މީހަކަށް މާތްﷲ ޤިޔާމަތްދުވަހު ﷲ ގެ އަރުޝީގެ ހިޔާވަހިކަމުން ހިޔާދެއްވާހުއްޓެވެ.”
Leave a Reply