”ފެހިކުރަމާ“ ގެ ނަމުގައި މާއުނގޫދޫ ސުކޫލް ފެހިކުރުމުގެ ހަރަކާތެއް ފަށައިފި

”ފެހިކުރަމާ“ ގެ ނަމުގައި މާއުނގޫދޫ ސުކޫލް ފެހިކުރުމުގެ ހަރަކާތެއް އެސުކޫލްގައި މިއަދު ފައްޓައިފިއެވެ.

މިހަރަކާތަކީ ތިމާވެއްޓަށް ލޯބި ޖެއްސުމާއި، ސުކޫލުގެ ގޯތިތެރެ ފެހިކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ސްކޫލުތެރެ ޒީނަތްތެރިކޮށް ބޭއްވުމުގެ މަޤުޞަދުގައި އެސުކޫލްގެ އެންވަޔަރމަންޓް ކުލަބާއި އެކްޓިވިޓީ ކުލަބުގެ ފަރާތުން އިސްނަގައިގެން ހިންގުމަށް ރޭވިފައިވާ ހަރަކާތެކެވެ. މިހަރަކާތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ މާއުނގޫދޫ ސުކޫލްގެ ކުލާސްތަކުގެ މެދުގައި ވާދަވެރި މުބާރާތެއްގެ ގޮތުގައެވެ.

”ފެހިކުރަމާ“ ހަރަކާތް އިފްތިތާހުކުރެވިފައިވަނީ މިއަދު ހަވީރު 4:30 ގައި އެކަމަށްޓަކައި ޙާއްޞަކޮށްގެން ބޭއްވުނު ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި ޕާކުހެއްދުމަށް ކުލާސްތަކަށް ބިންދޫކުރުމާއި،ެ ”ފެހިކުރަމާ“ ހަރަކާތް ފެށުމުގެ ގޮތުން ކޮންމެ ކުލާހަކުންވެސް ގުރުއަތުން އެކުލާހަކަށް ލިބުނު ޞަރަހައްދުގައި ވަނީ ގަސްއިންދުންވެސް ކުރިއަށް ގެންގޮސްފައެވެ. މިހަރަކާތް ފައްޓަވައިދެއްވީ މާއުނގޫދޫ ސުކޫލްގެ ޕުރިންސިޕަލް އިބްރާހިމް ޞަލާހުއެވެ.

ފެހިކުރަމާ ހަރަކާތުގެ ޝަރަފްވެރިމެހެމާން ވާހަކަފުޅު ދެއްކެވުން

މިހަފްލާ ޝަރަފްވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައި ސުކޫލްތެރެ ފެހިކުރުމުގެ ހަރަކާތަކީ 50 ވަނަ އަހަރީ ދުވަހާއި ގުޅިގެން ފެށިފައިވާ ހަރަކާތެއްކަމަށާއި، ނަމަވެސް ކޮވިޑް19 ގެ ޢާލަމީ ވަބާގެ ސަބަބުން އެމަސައްކަތް ހުއްޓިފައިވާކަމަށެވެ. ނަމަވެސް އާހިތްވަރަކާއެކު އަލުން އެމަސައްކަތް މިއަދު މިވަނީ ފެށިފައިކަމަށެވެ. އަދި ސުކޫލްގެ އެއްވެސްކަމަކާއި ސުވާލެއް އޮތްނަމަ ސުވާލުމާކެއްގައި ނުތިއްބަވާ ސުކޫލުގެ ތެރެއިން ވިއަސް އަދި ބޭރުންވިޔަސް އެކަން އޮޅުންފިލުވުމުގެ ފުރުސަތު އޮންނާނެކަމަށް ވިދާޅުވިއެވެ. އަދި ކަންކަން ކާމިޔާބު ކުރުމަށްޓަކައި ބެލެނިވެރިންނާއި މުދައްރިސުން ގުޅިގެން ކަންކަން ކުރުމަށް ގޮވާލެއްވިއެވެ. ހިޔާލު ތަފާތުވުމަކީ އޮންނަކަމެއް ކަމަށާއި ނަމަވެސް މަޝްވަރާގެ އުސޫލުން ކަންކަމަށް ހައްލު ހޯދޭނެކަމަށް ވިދާޅުވިއެވެ.

މިހަރަކާތް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ 2 މަސްދުވަހުގެ މުއްދަތަށެވެ. އެއަށްފަހު އެންމެ ފުރިހަމައަށް ޕާކު ހައްދާފައިވާ ކުލާހެއް ހޮވައި އިނާމް ދިނުމަށް ހަމަޖެހިފައިވާކަމަށް މިހަރަކާތް އިންތިޒާމްކުރާ ފަރާތުން މައުލޫމާތުދެއެވެ.

 

Comments

One response to “”ފެހިކުރަމާ“ ގެ ނަމުގައި މާއުނގޫދޫ ސުކޫލް ފެހިކުރުމުގެ ހަރަކާތެއް ފަށައިފި”

  1. Cody Avatar

    Everything is vvery open with a clear dsscription of
    the challenges. It was truly informative. Your site is extremely helpful.

    Thanks ffor sharing! xnxx

Leave a Reply

Your email address will not be published. Required fields are marked *