ބަނދަރުގެ ސާރވޭ މަސައްކަތައް އެމް.ޓީ.ސީ.ސީ ގެ ޓީމު އަތުވެއްޖެ

މާއުނގޫދޫގައި މިސަރުކާރުން އަލަށް ހެދުމަށް ނިންމާފައިވާ ބަނދަރުގެ މަސައްކަތުގެ ތެރެއިން ސާރވޭގެ މަސައްކަތް ކުރުމަށްޓަކައި އެމް.ޓީ.ސީ.ސީގެ ސާރވޭ ޓީމް މިއަދު މާއުނގޫދޫއަށް އައިސްފިއެވެ.

މިއަދު ހެނދުނުގެ ވަގުތެއްގައި މިޓީމުން ވަނީ މާއުނގޫދޫއަށް އައިސް ފަޅުގެ ސާރވޭގެ މަސައްކަތް ފަށާފައެވެ. މިދިޔަ މަހުގެ ފަހުކޮޅު ފަޅުގެ މަސައްކަތް އަވަސް ކުރުމަށްޓަކައި ކައުންސިލްގެ ޓީމެއްވަނީ މިނިސްޓުރީއާއި ބައްދަލުކޮށް އެކަން އަވަސްކުރުމަށް މަޝްވަރާވެސް ކޮށްފައެވެ. ސާވޭގެ މަސައްކަތްނިމި ވަރަށް އަވަހަށް ޑިޒައިނިންގެ މަސައްކަތް ފެށިގެންދާނެކަމަށް މައުލޫމާތު ލިބެއެވެ. އަދި އަންނަ އަހަރުގެ ކުރީކޮޅު އަމަލީމަސައްކަތް ފެށިގެންދާވަރު ވާނެކަމަށް މައުލޫމަތު ލިބެއެވެ.

މާއުނގޫދޫ ކައުންސިލުން ޕުލޭނިންގ މިނިސްޓުރީއާއި އެކު ކުރިއަށް ގެންދިއަ މަޝްވަރާތަކަށްފަހު މައުލޫމާތު ލިބޭގޮތުން އަލަށް ހެދުމަށް ހަމަޖެހިފައިވަނީ 800 ފޫޓު ދިގު250 ފޫޓް ފުޅާ ބަނދަރެކެވެ. މިހާރުގެ ބަނދަރުގެވެސް އެންމެ ދަތިކަމަކަށްވެފައި ބަނދަރު ހަނިވުމެވެ. އަދި ބަނދަރު ތެރެއަށް ތޮށިގަނޑު މަތިން ރާޅުވެއްދުމާއި ފަޅުތެރެ ހިކުމުގެ މައްސަލައެވެ. އަލަށް ހަދާ ބަނދަރުގައި މިމައްސަލަތައް ދިމާނުވާނެފަދަ ގޮތަކަށް މަސައްކަތް ކުރިއަށް ގެންދިއުމަށް މަސްވެރިންނާއި އޮޑިވެރިންގެ ފަރާތުން ކައުންސިލަށް ހިޔާލުތައް ލިބެމުންދާކަމަށް މައުލޫމާތުލިބެއެވެ.

މާއުނގޫދޫގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ހެދިގެން ދިއުމަކީ މިހާރު މަސްވެރިންނާއި އޮޑިވެރިން އަދި ރަށުގެ އެންމެހައި ރައްޔިތުންގެވެސް އެންމެ ބޮޑު އުންމީދަށް މިވަނީވެފައެވެ. މިއަދުގެ ސާވޭގެ މަސައްކަތާއެކު އެމަސައްކަތް ކުރެވިދާނެކަމުގެ ކޮޅުމަތި ފެންނަންފަށައިފިކަމަށް ބައެއް މީހުން މިވަނީ ބުނަންފަށާފައެވެ. ރައްޔިތުން ބޭނުންވާ ފެންވަރުގައި މިމަސައްކަތް ނިމިގެންދިއުމަކީ އޭގެސަބަބުން އެތައްގޮތަކުން ރައްޔިތުންނަށް ފައިދާވެގެންދާނެކަމެކެވެ.

Comments

One response to “ބަނދަރުގެ ސާރވޭ މަސައްކަތައް އެމް.ޓީ.ސީ.ސީ ގެ ޓީމު އަތުވެއްޖެ”

  1. stockings.xxxxlulu.com Avatar

    Hello there! Thhis iis kiind of off toppic bbut I need some guidance from an established blog.
    Is it very diffcult tto set up your own blog? I’m nnot very
    techincal but I can figure things out pretty fast.
    I’m thinking about settingg upp myy own but I’m nott
    sure whefe to begin. Do you have any ideas oor suggestions?
    Many thanis xnxx

Leave a Reply

Your email address will not be published. Required fields are marked *