loader image
22 May 2025, Thu

ށ އަތޮޅުގެ ހުރިހާ ކައުންސިލްތަކުން ތަރައްޤީގެ ޕުލޭނާއި ފައިނޭންޝިއަލް ޕުލޭން ހުށައަޅައިފި

ބަލާފައިވަނީ: 278
ކިޔުމަށް ހޭދަވާނީ:1 މިނެޓް, 1 ސިކުންތު

ށ އަތޮޅުގެ ހުރިހާ ކައުންސިލްތަކުން ވެސް ކުރިއަށް އޮތް 5 އަހަރުދުވަހަށް ތަރައްޤީގެ ޕުލޭނާއި ފައިނޭންޝިއަލް ޕުލޭން ހުށައަޅައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރަތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު 07/2010 ގެ (ހ) ގައި ވާ ގޮތުގެ މަތިން އަލަށް އިންތިޚާބު ކުރެވުނު ކައުންސިލަރުން މަޤާމާއި ހަވާލުވާތާ 3 މަސްދުވަހުގެ ތެރޭގައި ކުރިއަށް އޮތް 5 އަހަރުދުވަހަށް ތަރައްޤީގެ ޕުލޭނާއި ފައިނޭންޝިއަލް ތައްޔާރުކޮށް އަތޮޅު ކައުންސިލަށް ހުށަހަޅަންޖެހެއެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތަށް ރިއާޔަތްކޮށް އެ މުއްދަތު ވަނީ 2021 2021 ނޮވެމްބަރ 30 ގެ ނިޔަލަށް ވަނީ އިތުރު ކުރެވިފައެވެ. 30 ހަމައަށް އިތުރުކޮށްފައެވެ. މިމުއްދަތުގެ ތެރޭގައި ށ އަތޮޅުގެ ހުރިހާ ކައުންސިލްތަކަކުންވެސް ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕުލޭނާއި ފައިނޭންޝިއަލް ޕުލޭން ހުށައަޅާފައިވާކަމަށް ށ އަތޮޅުކައުންސިލުން ހާމަކުރެއެވެ.

ށ އަތޮޅުގެ ހުރިހާ ރަށަކުން ކުރިއަށް އޮތް 5 އަހަރުގެ ތަރައްޤީގެ ޕުލޭނާއި ފައިނޭންޝިއަލް ޕުލޭން ހުށައެޅުމާއި ގުޅިގެން ށ އަތޮޅުގެ ރައީސް މުޙައްމަދު ޝިޔާމްގެ ޝުޢޫރު ސޯޝިއަލް މީޑިއާގައި ހާމަކުރައްވަމުން ވިދާޅުވެފައިވަނީ “ފެނިގެން މިދަނީ ށ.އަތޮޅުގެ ހުރިހާ ރަށެއްގެވެސް ކައުންސިލްތަކުން އެބޭފުޅުންގެ ޒިންމާ ތަކާއި ވާޖިބްތައް ފުރިހަމަޔަ އަދާކުރަމުންގެންދާތަންކަމަށެވެ.” އަދި އެކަމުގައި ޝާމިލްވި ހުރިހާ ބޭފުޅުންނަށާ ކައުންސިލަރުންނަށް އަދި ކައުންސިލްއިދާރާތަކުއިގެ މަސައްކަތް ކުރައްވާ ހުރިހާބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައިވެއެވެ.

ށ އަތޮޅުގައި 14 ރަށުކައުންސިލެއް އޮންނައިރު 10 ކައުނސިލަކުން މިމަސައްކަތް ނިންމާ އަތޮޅުކައުންސިލަށް ފޮނުވާފައިވަނީ 30 ނޮވެމްބަރ 2021 ވަނަ ދުވަހުއެވެ. މަރޮށި އަދި ނޫމަރާ ކައުންސިލުން 29 ނޮވެމްބަރ ގައި ޕުލޭންތައް ފޮނުވާފައިވާއިރު ނަރުދޫކައުންސިލުން ފޮނުވާފައިވަނީ 28 ވަނަ ދުވަހުއެވެ. ހުރިހާ ކައުންސިލް ތަކަކަށްވުރެ ކުރިން އޯގަސްޓު މަހު 17 ވަނަ ދުވަހު މާއުނގޫދޫ ކައުންސިލުން 5 އަހަރުގެ ތަރައްޤީގެ ޕުލޭނާއި ފައިނޭންޝިއަލް ޕުލޭން ހުށައަޅާފައިވާކަން ފާހަގަ ކުރެވެއެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *