loader image
22 May 2025, Thu

ސެޕްޓެމްބަރ މަހު ރަށުގައި ކޮވިޑް ވެކްސިންޖަހަންޖެހޭ އާބާދީގެ އެންމެނަށް ވެކްސިންޖަހާނިމޭނެ

ބަލާފައިވަނީ: 228
ކިޔުމަށް ހޭދަވާނީ:35 ސިކުންތު

މާއުނގޫދޫގައި ދިރިއުޅޭ އާބާދީގެ އެންމެނަށް ސެޕްޓެމްބަރ 2021 ގެ ނިޔަލަށް ކޮވިޑް ވެކްސިން ފުރިހަމަ ކުރެވޭނެކަމަށް މާއުނގޫދޫ ސިއްޙީ މަރުކަޒުން ހާމަކޮށްފިއެވެ.

މާއުނގޫދޫގެ ވެކްސިން ޖެހޭ އާބާދީގެ 78 ޕަސެންޓް މީހުން ކޮވިޑް-19 ދިފާއު ވެކްސިން ފުރިހަމަ ކޮށްފި އެވެ. މާއުނގޫދޫ.ކޮމް އަށް މައުލޫމާތު ދެއްވަމުން މާއުނގޫދޫ ޞިއްޙީ މަރުކަޒުގެ ސީނިޔާރ އެޑްމިނިސްޓުރޭޓަރ ހެލްތު ސާރވިސަސް އައިޝަތު ޝިފާނާ ވިދާޅުވީ، މާއުނގޫދޫގެ 18 އަހަރުން މަތީގެ 78 ޕަސެންޓް މީހުން ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ  ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 97 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. އަދި އާބާދީގެ 78 ޕަސެންޓު މީހުން މިހާރުވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފަކަމަށެވެ. ސެޕްޓެންބަރ މަސް ނިމުމުގެ ކުރިން މާއުނގޫދޫގައި ދިރިއުޅޭ އާބާދީގެ 100 ޕަސެންޓު ރައްޔިތުން ވެކްސިން ފުރިހަމަ ކުރެވޭނެކަމަށް ވިދާޅުވިއެވެ.

އުމުރުން 12 އަހަރާއި 17 އަހަރާ ދެމެދުގެ ސްކޫލް ކުދިންގެ ވެކްސިން ޖެހުމުގެ ޕްރޮގްރާމްވަނީ މިރަށުގައިވެސް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން ސުކޫލް ކުދިންގެ ތެރެއިން 99 ކުއްޖަކުވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *