loader image
22 May 2025, Thu

ސުކޫލުގެ ކިޔެވުން ފެށޭ ގަޑި ބަދަލުވެއްޖެ

ބަލާފައިވަނީ: 599
ކިޔުމަށް ހޭދަވާނީ:29 ސިކުންތު

މާދަމާއިން ފެށިގެން މާއުނގޫދޫ ސުކޫލްގެ ކިޔެވުން ފެށޭ ގަޑިއަށް ބަދަލުތަކެއް ގެނެސްފިއެވެ.

އެގޮތުން މާދަމާއިން ފެށިގެން ދަރިވަރުން ސުކޫލަށް ހާޒިރުވާންޖެހޭ ގަޑިއަކީ ހެނދު 7:00 އެވެ. މީގެ ކުރިން ދަރިވަރުން ސުކޫލަށް ހާޒިރުވަމުން ގޮސްފައިވަނީ ހެނދުނު 6:45 އަށެވެ.

މިބަދަލާއެކު ދަރިވަރުންގެ އިންޓަވަލް ގަޑިއަށް ވެސް ވަނީ ބަދަލު އައިސް ފައެވެ. ކުރިން އިންޓަވަލް ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ 9:20 އިން 10:00 އަށެވެ. ނަމަވެސް މާދަމާއިން ފެށިގެން އިންޓަވަލް ގަޑިއަކީ 9:35 އިން 10:15 އަށެވެ.

މާދަމާއިން ފެށިގެން ޔޫ.ކޭ.ޖީ ކުދިންގެ ކުލާސްތައް ކުރިއަށް ގެންދިއުމަށް ރާވާފައިވަނީ ހެނދުނު 7:00 އިން 10:00 އަށެވެ. އަދި އެލް.ކޭ.ޖީ ކުދިންގެ ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 10:45 އިން 13:15 އަށެވެ.

މި ގެނައި ބަދަލާއެކު މާދަމާއިން ފެށިގެން ގުރޭޑް 1 އިން 6 ގެ ކުލާސްތަކުގެ ކުދިންގެ ސެޝަން ނިމޭ ގަޑި އަކީ 12:05 އެވެ. އަދި ގުރޭޑް 7 އިން 10 ގެ ކުލާސްތަކުގެ ކުދިންގެ ސެޝަން ނިމޭ ގަޑި އަކީ 12:40 އެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *