މާއުނގޫދޫ ކައުންސިލްގެ 4 ވަނަ ދައުރަށް އިންތިޚާބުވި ކައުންސިލުން ޕުރީސުކޫލް ކުދިންނަށް ކިޔަވައިދިނުން ފެށުމަށް ވަމުންދާ ތައްޔާރީ ތަކުގެ ތެރެއިން މިއަދު ބެލެނިވެރިންނާއި ބައްދަލުކޮށްފިއެވެ. (more…)
Category: ޙަބަރު
-

މާއުނގޫދޫ ކައުންސިލްގެ އެސް.ޖީ.ގެ މަގާމަށް ކުރިމަތިލި ފަރާތްތައް ޝަރުތު ހަމައެއް ނުވި
ލާމަރުކަޒީ ނިޒާމަށް ގެނައި ބަދަލުތަކާއެކު ކައުންސިލްތަކަށް ސެކްރެޓަރީ ޖެނެރަލް (އެސް. ޖީ) އައްޔަނުކުރުމަށް ވަނީ ކަނޑައަޅައިފައެވެ. (more…)
-

މާއުނގޫދޫ ކައުންސިލުން ޕުރީސުކޫލް ޔުނީފޯމާއި، ފޮތްލިސްޓު ތަޢާރަފްކުރަނީ
ރާސީ އައުއަހަރުގެ ކިޔެވުމާއިއެކު މާއުނގޫދޫގައި ކައުންސިލުން ފެށުމަށް ތައްޔާރުވަމުން އަންނަ ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތަކުގެ ކުދިންގެ ޔުނީފޯމާއި ފޮތްލިސްޓު ތައާރަފްކުރުމަށް 18 ޖުލައި 2021 އާދިއްތަ ދުވަހު ހާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެދުވަހު ހަވީރު 4:30 ގައި މާއުނގޫދޫ ކައުންސިލް މީޓިން ރޫމްގައެވެ. މާއުނގޫދޫ ކައުންސިލުން ދިރާސީ އައު އަހަރު ނާސަރީއާއި ބޭބީނާސަރީ ފެށުމަށްޓަަކައި މިހާރު ވަނީ އެކުލާސްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމަށް ޢިއުލާނުކޮށްފައެވެ. އަދި ދަރިވަރުން ވެއްދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
ބޭބީނާސަރީއާއި، ނާސަރީ ހިލޭކުރުމަކީ މިދިއަ ކައުންސިލް އިންތިޙާބުގައި އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރެއްވި ކޭޑިޑޭޓުންގެ މެނިފެސްޓޯގައި ހިމަނިފައިވާ ވަޢުދެކެވެ. މާއުނގޫދޫ ކައުންސިލަކީ އެމް.ޑީ.ޕީ މެޖޯރިޓީ ކައުންސިލެކެވެ. މީގެ ކުރީގައިވެސް މާއުނގޫދޫގައި ނާސަރީއާއި ބޭބީނާސަރީގެ ޙިދުމަތް ދެމުންގޮސްފައިވެއެވެ. ނަމަވެސް އޭރު އެކަން ކުރަމުން ގޮސްފައިވަނީ ކުދިންގެ އަތުން ފީނަގައިގެންނެވެ. ކައުންސިލުން މިޙިދުމަތް ހިލޭ ފޯރުކޮށްދިނުމީ އެތައް ބެލެނިވެރިން ދެކެމުންއައި ހުވަފެނެއް ހަޤީގަތަކަށްވެގެންދިއުމެވެ.
-

އާކައުންސިލްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވަނީ
މާއުނގޫދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ޖުލައި 29 ވަނަ ދުވަހު ބޭއްވުމަށް އިއުލާނުކޮށްފި. މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2021 ވަނަ ދުވަހުގެރޭ 9:00 ގައި މާއުނގޫދޫ ސުކޫލްގެ ހޯލުގައެވެ.
މިބައްދަލުވުމުގައި 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ހިއްޞާކުރުމާއި، 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ރައްޔިތުންގެ ހިޔާލު ހޯދިގެންދާނެކަމަށް މައުލޫމާތުލިބެއެވެ. މީގެއިތުރުން ކުރިއަށް އޮތް 5 އަހަރުދުވަހަށް (2022-2026) އަށް އެކުލަވައިލާ ތަރައްޤީގެ ޕުލޭނަށާއި، ލޭންޑް ޔޫސް ޕުލޭނަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުންވެސް ކުރިއަށް ދާނެކަމަށް މާއުނގޫދޫ ކައުންސިލުން ހާމަކުރައްވައެވެ.

