loader image
22 May 2025, Thu

އާކައުންސިލްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވަނީ

ބަލާފައިވަނީ: 411
ކިޔުމަށް ހޭދަވާނީ:24 ސިކުންތު

 

މާއުނގޫދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ޖުލައި 29 ވަނަ ދުވަހު ބޭއްވުމަށް އިއުލާނުކޮށްފި. މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2021 ވަނަ ދުވަހުގެރޭ 9:00 ގައި މާއުނގޫދޫ ސުކޫލްގެ ހޯލުގައެވެ.

މިބައްދަލުވުމުގައި 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ހިއްޞާކުރުމާއި، 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ރައްޔިތުންގެ ހިޔާލު ހޯދިގެންދާނެކަމަށް މައުލޫމާތުލިބެއެވެ. މީގެއިތުރުން ކުރިއަށް އޮތް 5 އަހަރުދުވަހަށް (2022-2026) އަށް އެކުލަވައިލާ ތަރައްޤީގެ ޕުލޭނަށާއި، ލޭންޑް ޔޫސް ޕުލޭނަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުންވެސް ކުރިއަށް ދާނެކަމަށް މާއުނގޫދޫ ކައުންސިލުން ހާމަކުރައްވައެވެ.

މި ލިޔުން ކިޔާލުމުން
+1
0
+1
0
+1
0
+1
0

ހިޔާލު ފާޅުކުރެއްވުމަށް

އީމެއިލް އެޑްރެސް އާމެއްނުކުރެވޭނެ ކޮންމެހެން ހިމަނަންޖެހޭ ބައިތައް ފާހަގަކުރެވިފަ *