Author: އެޑްމިން

  • ދޮންކެޔޮ ނުކައި ދޫކޮށްލާވަރެއް ނޫން

    ދޮންކެޔޮ ނުކައި ދޫކޮށްލާވަރެއް ނޫން

    ކޮންމެ މޭވާއަކީވެސް އެތައް ބަލިތަކެއްގެ ފަރުވާއެވެ. ބަލިތަކުން ދިފާއު ވުމަށް ބޭނުންކުރެވޭ ބޭހެކެވެ. (more…)

  • މާއުނގޫދޫ ކައުންސިލުން ޕުރީސުކޫލް ޔުނީފޯމާއި، ފޮތްލިސްޓު ތަޢާރަފްކުރަނީ

    މާއުނގޫދޫ ކައުންސިލުން ޕުރީސުކޫލް ޔުނީފޯމާއި، ފޮތްލިސްޓު ތަޢާރަފްކުރަނީ

    ރާސީ އައުއަހަރުގެ ކިޔެވުމާއިއެކު މާއުނގޫދޫގައި ކައުންސިލުން ފެށުމަށް ތައްޔާރުވަމުން އަންނަ ނާސަރީ އަދި ބޭބީ ނާސަރީ ކުލާސްތަކުގެ ކުދިންގެ ޔުނީފޯމާއި ފޮތްލިސްޓު ތައާރަފްކުރުމަށް 18 ޖުލައި 2021 އާދިއްތަ ދުވަހު ހާއްޞަ ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ.

    މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އެދުވަހު ހަވީރު 4:30 ގައި މާއުނގޫދޫ ކައުންސިލް މީޓިން ރޫމްގައެވެ. މާއުނގޫދޫ ކައުންސިލުން ދިރާސީ އައު އަހަރު ނާސަރީއާއި ބޭބީނާސަރީ ފެށުމަށްޓަަކައި މިހާރު ވަނީ އެކުލާސްތަކަށް ބޭނުންވާ މުދައްރިސުން ހޯދުމަށް ޢިއުލާނުކޮށްފައެވެ. އަދި ދަރިވަރުން ވެއްދުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.

    ބޭބީނާސަރީއާއި، ނާސަރީ ހިލޭކުރުމަކީ މިދިއަ ކައުންސިލް އިންތިޙާބުގައި އެމް.ޑީ.ޕީގެ ޓިކެޓްގައި ވާދަކުރެއްވި ކޭޑިޑޭޓުންގެ މެނިފެސްޓޯގައި ހިމަނިފައިވާ ވަޢުދެކެވެ. މާއުނގޫދޫ ކައުންސިލަކީ އެމް.ޑީ.ޕީ މެޖޯރިޓީ ކައުންސިލެކެވެ.  މީގެ ކުރީގައިވެސް މާއުނގޫދޫގައި ނާސަރީއާއި ބޭބީނާސަރީގެ ޙިދުމަތް ދެމުންގޮސްފައިވެއެވެ. ނަމަވެސް އޭރު އެކަން ކުރަމުން ގޮސްފައިވަނީ ކުދިންގެ އަތުން ފީނަގައިގެންނެވެ. ކައުންސިލުން މިޙިދުމަތް ހިލޭ ފޯރުކޮށްދިނުމީ އެތައް ބެލެނިވެރިން ދެކެމުންއައި ހުވަފެނެއް ހަޤީގަތަކަށްވެގެންދިއުމެވެ.

     

  • ވޮލީގެ އާޖީލެއް ފެނިދާނެބާ؟

    ވޮލީގެ އާޖީލެއް ފެނިދާނެބާ؟

    ނުވަދިހައިގެ ކުރީކޮޅު މާއުނގޫދޫގެ ނަން އެންމެ ބޮޑަށް ރާއްޖޭގައި މަސްހޫރުވެފައިވަނީ ވޮލީ ބޯޅަ ކުޅުމަށް ނަންވިދާލި ޒުވާނުންތަކަކާއި އެކު ވޮލީ ބޯޅަ ކުރިއެރުވުމަށް މަރުދިން ރައްޔިތުންތަކެއް ދިރި އުޅުނު ރަށެއްގެ ގޮތުގައެވެ. (more…)

  • ޑޯޓްމަންޑްއިން ހާލަންޑް ވިއްކާލުމާ މެދު ހިޔާލުތަފާތުވުމެއްގައި

    ޑޯޓްމަންޑްއިން ހާލަންޑް ވިއްކާލުމާ މެދު ހިޔާލުތަފާތުވުމެއްގައި

    ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ވިއްކާލުމާ މެދު ޑޯޓްމަންޑް ދެކަފިވެފައިވާ ކަމަށް ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ. (more…)

  • އާކައުންސިލްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވަނީ

    އާކައުންސިލްގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވަނީ

     

    މާއުނގޫދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ޖުލައި 29 ވަނަ ދުވަހު ބޭއްވުމަށް އިއުލާނުކޮށްފި. މިބައްދަލުވުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 29 ޖުލައި 2021 ވަނަ ދުވަހުގެރޭ 9:00 ގައި މާއުނގޫދޫ ސުކޫލްގެ ހޯލުގައެވެ.

    މިބައްދަލުވުމުގައި 2021 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ހިއްޞާކުރުމާއި، 2022 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ރައްޔިތުންނަށް ހުށަހަޅައި ރައްޔިތުންގެ ހިޔާލު ހޯދިގެންދާނެކަމަށް މައުލޫމާތުލިބެއެވެ. މީގެއިތުރުން ކުރިއަށް އޮތް 5 އަހަރުދުވަހަށް (2022-2026) އަށް އެކުލަވައިލާ ތަރައްޤީގެ ޕުލޭނަށާއި، ލޭންޑް ޔޫސް ޕުލޭނަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުންވެސް ކުރިއަށް ދާނެކަމަށް މާއުނގޫދޫ ކައުންސިލުން ހާމަކުރައްވައެވެ.

  • ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މަތިވެރިކަން

    ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މަތިވެރިކަން

    “އަޅުގަނޑުމެންގެ ރާއްޖޭގައި ޢާއްމު ގޮތެއްގައި ޢީދު ދުވަހު ކަތިލާ އުޅެނީ ކުކުޅެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ކޮންމެ އަޅުކަމެއްގައިވެސް އޭގެ ޖިންސު ދިމާކުރަން ޖެހޭކަމެވެ. އެހެންކަމުން ގެރިބަކަރިފަދަ ޖަނަވާރުން އަދާކުރަންޖެހޭ އަޅުކަމެއް އެތަކެތި ލިބެން ހުންނަކަމުގައިވާނަމަ މުސަޅެއް ނުވަތަ ކުކުޅެއް ނުވަތަ މަހެއް ކަތިލައިގެން ޤަބޫލު ނުކުރެވޭނެއެވެ.“

    އެންމެހައި ޙަމްދު ޘަނާ ޙައްޤުވަނީ މުއުމިނުންނަށް ހެޔޮ ޢަމަލު ކުރުމަށް މަގު ތަނަވަސް ކޮށްދެއްވެވި ގަދަ ކީރިިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ހެޔޮ ޢަމަލުތަކާއި ދުވަސްތައް އުނގަންނައި ދެއްވުމަށް މިއުއްމަތައް ކައުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ގޮތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކަށެވެ. (more…)