ފެނާއި ނަރުދަމާގެ މަސައްކަތައް ބޭނުންވާ އިތުރު ސާމާނުތަކެއް ގެނެސްފި

މާއުނގޫދޫގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ އިތުރު ސާމާނުތަކެއް މިއަދު ރަށަށް ގެނެސްފިއެވެ.

މިއަދު ގެެނެވިފައިވަނީ ފެނުގެ ނިޒާމް ޤާއިމްކުރުމަށްޓަކައި ރަށުތެރޭގައި އެޅުމަށް ހަމަޖެހިފައިވާ ފެންލައިންތައް އެޅުމަށް ބޭނުންވާ ހޮޅިއެވެ. މީގެއިތުރުން ތަކެތި އުފުލުމައްޓަކައި ބޭނުންކުރާނެ އުޅަދެއްވެސް ވަނީ ގެނެވިފައެވެ.

މިއަދު ގެނެވުނު ބައެއް ސާމާނު ބަނދަރަށް ބާލާފަ

ފެނާއިނަރުދަމާގެ ޙިދުމަތުގެ ފެސިލިޓީ އިމާރާތުގެ މަސައްކަތް މިހާރުވަނީ ވަރަށް ބޮޑަށްނިމިފައެވެ. އެގޮތުން އިމާރާތް ހިޔާކުރުމާއި،ސީލިންގު ކުރުން އަދި ތަޅުން އެޅުމުގެ ބޮޑުބައެއްވަނީ ނިމިފައެވެ. މައުލޫމާތު ލިބޭ ގޮތުން މިމަހުގެ ފަހުކޮޅު ފެންހޮޅިތައް ވަޅުލުމުގެ މަސައްކަތް ފެށޭވަރުވާނެއެވެ.

މި މަޝްރޫޢަކީ ސަރުކާރު ބަޖެޓުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. 2019 ވަނަ އަހަރު ފެށި މިމަސައްކަތް ހަވާލުކޮށްފައިވަނީ ސުޓެޓިކް ކޮންޕެނީއާއެވެ.

Comments

Leave a Reply

Your email address will not be published. Required fields are marked *