Category: ދީން

  • އިމާމު ޝާފިޢީގެ ބައެއް ބަސްފުޅުތައް

    އިމާމު ޝާފިޢީގެ ބައެއް ބަސްފުޅުތައް

    • ﷲގެ ނޫރުފުޅުން،  އެމީހެއްގެ ހިތް ހުޅުވާލަދެއްވުމަށް، ނުވަތަ އުޖާލާކޮށްދެއްވުމަށް  އެދޭމީހާ، ފަހެ، އޭނާއާ ނުބެހޭކަންތައްތަކުގައިވާހަކަ ނުދައްކާ ހުށިކަމެވެ. އަދި ކުށްފާފަތައް ދޫކޮށްލައި، އުރެދުންތަކާ ދުރުހެލިވާހުށިކަމެވެ. އަދި އޭނާއާ ﷲއާ ދެމެދުގައި ވަންހަނާ ވެފައިވާ ޢަމަލުތަކެއްކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން  މިފަދަމީހާއަށް، ﷲ، ޢިލްމުގެ ދޮރުތައް ހުޅުއްވާދެއްވާނެއެވެ.
    • އާދަމުގެދަރިއާ ޚަލްޤުކުރެއްވިގެންވަނީ ޙަޤީޤަތް ބަލައިނުގަތުމުގެ މަތީގައެވެ. އޭނާއާ ގާތްވަން އެދޭމީހަކާ އޭނާ ދުރަށް ޖެހޭނެއެވެ. އޭނާއާ ދުރަށް ޖެހޭމީހަކާ ގާތްވަން އުޅޭނެއެވެ.

     

    •  މީހެއްގެ ހަރުދަނާކަން ތިންކަމެއްގެ ތެރެއިން ހާމަވެއެވެ. ފަޤީރުކަން  ވަންހަނާކުރާމިންވަރުން ތިބާ އަކީ ފުދުންތެރިއެއްކަމަށް ހީވާމިންވަރަށް ޢިއްފަތްތެރިވުމާއި،  ތިބާއަކީ ރުހިގެންވާމީހެއްކަމަށް މީސްތަކުންނަށް ހީވާމިންވަރަށް ތިބާގެ ރުޅި ދިރުވާލައި ހިންދާލުމާއި،  ތިބާއަކީ ފާގަތިކަން  ލިބިގެންވާ މީހެއްކަމަށް މީސްތަކުންނަށް  ހީވާ މިންވަރަށް ނުތަނަވަސްކަން ވަންހަނާކުރުމެވެ.

     

    • އޭނާގެ އަމިއްލަ ނަފްސަށް އެންމެ އަނިޔާވެރިމީހަކީ : އޭނާ އަށް ކަމޭނުހިތާމީހާއަށް ހިތްތިރިކުރާމީހާ އާއި، އެ ފަރާތުން މަންފާއެއް
      ނުލިބޭނެމީހެއްގެ ކިބައިން ކުލުނުހޯދަން އުޅޭމީހާއާއި، އޭނާ ނުދަންނަމީހަކު ކުރާ ތާރީފު ބަލައިގަންނަމީހާއެވެ.

     

    • ރުޅިއެރުވުމުން ރުޅި ނާންނަމީހަކީ ޙިމާރެކެވެ. ރުއްސުމުން ނުރުހޭމީހަކީ ޝައިޠާނެކެވެ.

     

    • ޢިލްމުގެ މަތިވެރިކަމަކީ، އެ ލިބިފައިނުވާމީހުން، އެ ލިބިފައިވާ ކަމަށް ދަޢުވާކުރާނެ އެވެ. އަދި އެފަދަމީހަކަށް ޢިލްމެއް ނިސްބަތްކުރެވިއްޖެ ނަމަ އޭނާ އެކަމާމެދު އުފާފާޅުކުރާނެތެވެ. އަނެއްކޮޅުން ޖާހިލުކަމުގެ ނުބައިކަމަކީ، މީހަކަށް އެކަން ނިސްބަތްކުރެވިއްޖެ ނަމަ އެކަމާ ރުޅި އަންނާނެއެވެ. އަދި ކޮންމެމީހަކުވެސް އެކަމުން ބަރީއަވެވޭތޯ އުޅޭނެއެވެ.
  • ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މަތިވެރިކަން

    ޙައްޖުމަހުގެ ފުރަތަމަ ދިހައިގެ މަތިވެރިކަން

    “އަޅުގަނޑުމެންގެ ރާއްޖޭގައި ޢާއްމު ގޮތެއްގައި ޢީދު ދުވަހު ކަތިލާ އުޅެނީ ކުކުޅެވެ. އެހެންނަމަވެސް ޙަޤީޤަތަކީ ކޮންމެ އަޅުކަމެއްގައިވެސް އޭގެ ޖިންސު ދިމާކުރަން ޖެހޭކަމެވެ. އެހެންކަމުން ގެރިބަކަރިފަދަ ޖަނަވާރުން އަދާކުރަންޖެހޭ އަޅުކަމެއް އެތަކެތި ލިބެން ހުންނަކަމުގައިވާނަމަ މުސަޅެއް ނުވަތަ ކުކުޅެއް ނުވަތަ މަހެއް ކަތިލައިގެން ޤަބޫލު ނުކުރެވޭނެއެވެ.“

    އެންމެހައި ޙަމްދު ޘަނާ ޙައްޤުވަނީ މުއުމިނުންނަށް ހެޔޮ ޢަމަލު ކުރުމަށް މަގު ތަނަވަސް ކޮށްދެއްވެވި ގަދަ ކީރިިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރަނީ ހެޔޮ ޢަމަލުތަކާއި ދުވަސްތައް އުނގަންނައި ދެއްވުމަށް މިއުއްމަތައް ކައުކުރެއްވެވި މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށާއި އެކަލޭގެފާނުގެ އާލު އަސްޙާބުންނާއި ޤިޔާމަތާއި ޖެހެންދެން އެކަލޭގެފާނު ގެންނެވި ގޮތުގައި ހިފަހައްޓައިގެން ތިބިހާ ބަޔަކަށެވެ. (more…)